ޢިލްމީ ޤުލްޒާރުން ހިދާޔަތުގެ މަގު 27 ވަނަ އަދަދު
October 22, 2009 Leave a comment
ޢިލްމީ ޤުލްޒާރުން
ހިދާޔަތުގެ މަގު
-27-
ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނޭވެ!
“ހިދާޔަތުގެ މަގު”ގެ 27ވަނަ ލިޔުމުގައި ކިޔުންތެރީންނަށް އަޅުގަނޑު މިހަދިޔާކުރަނީ ތަންކޮޅެއް ތަފާތު މަޢްލޫމާތުކޮޅެކެވެ. ނަމަވެސް މިއީ ޢަޤީދާއާ ގުޅުންހުރި ކަންމެކެވެ. މިތަފާތުކަން ކުރިމަތިވީ އަޅުގަނޑަށް ފިޠްރުޢީދުގެތެރޭގައި ލިބުނު ޚަބަރަކާއި، އަދި ހަމައެހެންމެ، 13 އޮކްޓޯބަރ 2009ވީ، އަންގާރަދުވަހުގެރޭ ލިބުނު ޚަބަރަކުންނެވެ. މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން ދީނީ ޢިލްމު ޙާޞިލްކުރިކަމަށް ބުނާ، ތިމާއަށް ތިމާވަރު ނެތިގެންއުޅޭ އައްސޭކް ތަބްލީޣީ އިލްޔާސް މި ލިޔުމުގެ ޙަދީޘްފުޅާ ދެކޮޅަށް ހަންފަތުރަން މަސައްކަތްކޮށް، ކާފަރުން މުސްލިމުންނަށް ހަނދަން މަސައްކަތްކުރާ ޚަބަރުލިބުމުން، އެކަލޭގެއާއި އަދި އެކަލޭގެ އަވައިގައިޖެހިފައިވާ ބައެއް ލޮބުވެތި މުސްލިމް ރައްޔިތުން ސަލާމަތްކުރުމުގެ އުއްމީދު އުފެދުމެވެ. ވީމާ، الله تعالىއަށް ބިރުވެތިވެ މި ޤުލްޒާރުގެ ޢިލްމު ހިއްޕަވާށެވެ! “ހިދާޔަތުގެ މަގު” ޚިޔާރުކުރައްވާށެވެ! އެމަގުގައި ފައިތިލަތައް ޘާބިތުކުރައްވާށެވެ!