އިލްމީ ޤުލްޒާރުން ހިދާޔަތުގެ މަގުގެ 28 ވަނަ އަދަދު
November 25, 2009 Leave a Comment
ޢިލްމީ ޤުލްޒާރުން
ހިދާޔަތުގެ މަގު
-28-
ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނޭވެ!
“ހިދާޔަތުގެ މަގު”ގެ 28ވަނަ ލިޔުމުގައި ކިޔުންތެރީންނަށް އަޅުގަނޑު މިހަދިޔާކުރަނީ ވަރަށް މުހިންމު، ޒަމާނާގުޅޭ މަޢްލޫމާތުކޮޅެކެވެ. މިއީ، އިސްލާމީ މުޖްތަމަޢްތަކުގައި މިއަދު ވަރަށް ބޮޑު ބައްޔަކަށް ނުވަތަ ވަބާއަކަށްވެފައިވާކަމެކެވެ. މިބަލީގެ ޙަޤީޤީ ސަބަބަކީ އަޅުގަނޑުމެން އިސްލާމްދީނުގެ ޢިލްމު، އެޢިލްމު ނަގަންވީ ބޭބޭފުޅުންގެ ކިބައިން ނުނެގުމެވެ. ނުބައިކަމުގެ، ނުވަތަ ނުބައިބަޔެއްގެ ދަލުގައިޖެހި، ޙައްޤު ބާޠިލަށްވެގެންދިޔުމެވެ. ވީމާ، އަންނަނިވި ލިޔުމުން އޭގެ ފޮނިކަން ހިއްޕަވާށެވެ! މިއީ -الله تعالىގެ ރަޙްމަތާއެކު-ޙަޤީޤީ ޢިލްމުގެ ބަގީޗާއަކުން އެއްކޮށްލެވިފައިވާ އޮށްޓަރުހުރި، އެތަކެއް ފައިދާއެއް އެކުލެވޭ، ޖާހިލުކަމުގެ ބަލިތަކަށް އޮތް ޝިފާއެކެވެ. ވީމާ، الله تعالىއަށް ބިރުވެތިވެ މި ޤުލްޒާރުގެ ޢިލްމު ހިއްޕަވާށެވެ! “ހިދާޔަތުގެ މަގު” ޚިޔާރުކުރައްވާށެވެ! މިއީ މުސްލިމުންނަށް ނުހަނު ހެޔޮއެދިގެން ހުޅުވާލެވިފައިވާ ޢިލްމީ ޤުލްޒާރެކެވެ.