މުޒާހަރާ ކުރުމުގެ ހުކުމް

حكم المظاهرات

މުޒާހަރާ ކުރުމުގެ ހުކުމް

ތަމްހީދު

الحمد لله رب العالمين، وأشهد أن لا إله إلا الله وحده لا شريك له الملك الحق المبين، وأشهد أن محمداً عبده ورسوله الصادق الأمين، أما بعد:

ދީނުގެ އަސްލު އުސޫލުތަށް ނޭގޭ ޖާހިލުންތަށް ތިމާމެންނަކީ އިލްމުވެރިންނޭ ހިތާ ދީނުގެކަންތަތަކާ މެދު ހިތުހުރިގޮތަކަށް ފަތަވާދޭކަމީ މިއުންމަތަށް ޖެހިފައިވާ އެންމެބޮޑު އެއް މުސީބާތެވެ. ހަރުބަހެއްގައިވެއެވެ. “ލޯފަން މީހުންގެ ރަށުގައި އެއްލޮލުގެ ވެރިޔާއީ ރަސްކަލެކެވެ.” މިބީދައިން ދިވެހި ރާއްޖެފަދަ އޮޅުންބޮޅުމާއި ކިލަބުކަމެއްގައި މިއަދު މީސްތަކުންތިބި ތަނެއްގައި އިލްމުގެ ކޮންމެެވެސްވަރެއް ލިބި، ފަށުވިއިބާރާތުން ވާހަކަދައްކާ އަދި ޝަރުޢީ ބައެއްލަފްޒުތަށް ބޭނުންކުރާ މީހާއަކީ ބޮޑުއިލްމުވެރިއެއްކަހަލައެވެ.

އަދި މިފަދަމީހުން ނަމުގެކުރިއަށް “އައްޝެއިޚް” ނޫނީ އެވަރުނުވެގެން “ފަޟީލަތުއް ޝައިޚް”  ޖަހައި ސަލަފުންނަށް ނިސްބަތްވެގެން ސަލަފުއް ސޯލިހުންގެ މަންހަޖްގެ މަތީގައިވާ ބޮޑެތި އިލްމުވެރިންގެ، އާދެ ހަގީގީ ޝެއިޚުންގެ،ފަތަވާތަކާ ދިމާއިދިކޮޅަށް އިގިހުރެ ފަތަވާދޭކަމީ އަޖައިބުވާ ކަމެކެވެ. ދެންފަހެ، ހާއިރާންވެ އަންތަރީސްވާން ޖެހެނީ މިބައިމީހުން މިބޮޑެތިއިލްމުވެރިންގެ ފަތަވާ މިބައިމީހުން ބޭނުންވާކަންކަމުގައި ނަގާ ބޭނުންނުވާ ކަންކަމުގައި އެއްލައިލާކަމެވެ. ބޭނުންނުވާ ކަންކަމުގައި މިބައިމީހުން ބުނަނީ މިބޮޑެތި އިލްމުވެރިންނަކަށް ފިޤްހުލްވާގިއު ނުވަތަ ކަރަންޓް ސިޓުއޭޝަން ނޭގޭކަމަށެވެ. ކޮންމެ ގަރުނެއް އަދި ޒަމާނެއްގައި ވެސް ހަވާނަފްސުގެ އަހުލުވެރިން ގެ އަލާމަތެއް ކަމުގައިވަނީ، މިބައި މީހުން އަހުލުސުންނަތް ވަލް ޖަމާއަތުގެ އިލްމުވެރިންނަށް މިފަދަ ބަދުނާމުތަށް ކުރާކަމެވެ. ތާރީޚަށް ބަލާއިރު އިމާމް އިބްނު ސީރީން ފަދަ، އަދި އިމާމުއް ޝާފިއީ ފަދަ ބޭބޭކަލުންނަށް، އެބޭކަލުންނަކީ އަންހެނުންގެ ޙައިޟު ނިފާސްގެ އިލްމުވެރިންނޭ ބިދުއަވެރިންކިއާ އުޅުނެވެ.

ހަމަމިގޮތަށް މިޒަމާނުގެ އިލްމުގެ ފަރުބަދަތަށް ކަމުގައިވާ އިމާމް އިބްނު ބާޒް، އިމާމް އަލްބާނީ، އިމާމް އިބްނު އުޘައިމީން، އިމާމް މުޤްބިލް، އައްލާމާ ރަބީޢު އަދި އައްލާމާ ފައުޒާން ފަދަބޭބޭކަލުންނަށް އުންމަތުގެ ހާލަތު ރަންގަޅަށް ނޭގޭކަމަށް މިބިދުއަވެރި ހަވާނަފްސުގެ އަހުލުވެރިން ކިޔައި ދޮގުތުހުމަތުކުރެއެވެ.

އަބޫ އުމައްޔާ އަލް ޖުމާހީ ސަލަވާތާއި ސަލާމްލެއްވި ނަބިއްޔާ ހަދީސް ކުރެއްވިކަމަށް ވިދާޅުވިއެވެ. “ޤިޔާމަތް ދުވަހުގެ އަލަމާތުގެ ތެރެއިން އަލާމާތަކީ މީސްތަކުން އިލްމު އުގެނޭހުށީ އަސާގިރުންގެ ކިބައިންނެވެ”

އިބްނުމުބާރަކް ވިދާޅުވިއެވެ. “އެއީ (އަސާގިރުންނަކީ) ހަވާ ނަފްސާއި ބިދްއައިގެ އަހުލުވެރިންނެވެ.”

ދެންފަހެ ދަންނާށެވެ. “މި އިލްމަކީ ދީނެވެ. ކަލޭ މިދީން ނަގަނީކޮންބައެއްގެ ކާއިރިންތޯ ރަންގަޅަށް ބަލާށެވެ”.

ދެން އާޚިރުގައި ބުނަމެވެ. މިކުޑަކުޑަ ރިސާލާތް އެކުލަވާލުމުގެ މާއިގަޑު މަގްސަދަކީ މުޒަހަރާކުރުމާއި މެދު އަހުލު ސުންނާތްގެ އިލްމުވެރިން ވިދާޅުވަނީ ކީކޭތޯ ތިޔައެންމެހާ ލޮބުވެތި އަޚުނާއި އުޚުތުންނަށް ވާސިލްކޮށްލުމެވެ. ދީނުގެ މައްސަލާތަށް އިލްމުގެ ހަޤީޤީ އަހުލުވެރިންނަށް ރައްދުކުރާބަޔަކަށް ހުރީ ކާމިޔާބާ ފަލާހެވެ

އިތުރަށް ކިޔުވުމަށް މި ލިންކް އަށް ކްލިކް ކޮށްލަށްވާ

click here to download

ވެރީން

ވެރީންނޭ ބުނުމުން އެންމެ ފުރަތަމަ ކޮންމެ މީހެއްގެވެސް ހިތަށް އަރާނީ އެބަހުގެ ތެރެއަށްފެތޭނީ ނުވަތަ އެބަހުގެ ތެރެއަށް ވަންނަނީ ކޮންބައެއްބާވައެވެ؟. ފަންޑިތަވެރީންބާވައެވެ. ނުވަތަ އަތޮޅުވެރީންބާވައެވެ. ނޫންނަމަ ވިޔަފާރިވެރީން ބާވައެވެ؟ ނުވަތަ ގޭގެ ވެރީން ބާވައެވެ. ނޫންނަމަ މަސްއޫލިއްޔަތު އުފުލަން ޖެހިފައިވާ ކޮނެމެ މީހަކުވާނީ ވެރިއަކަށް ބާވައެވެ؟

މިސުއާލުތަކުގެ ޖަވާބު ހޯދުމަށް ދާންޖެހޭނީ ޢިލްމުވެރީންގެ ބަސްތަކަށެވެ. އަދި ޢިލްމުވެރީންގެ ބަސްތަކަށް ދިއުމުގެ ކުރީގައި ކީރިތި ޤުރުއާނުގައި އައިސްފައިވާ ވެރީންގެ މަޤްޞަދުވެސް ބަލަން އެބަޖެހެއެވެ.

ކީރިތި ޤުރުއާނުގައި ﷲ ޞުބުޙާނަހޫ ވަތަޢާލާ ވެރީންގެ ވާހަަކަ ބަޔާން ކޮށްފައިވަނީ ސީދާބަހުން ދެ އާޔަތެއްގައިއެވެ. އެއީ ސޫރަތުއް ނިސާގެ 59ވަނަ އާޔަތުގައްޔާއި ހަމަ އެސޫރަތުގެ 83ވަނަ އާޔަތުގައިއެވެ. ތަފްސީރުލް ޖަލާލައިންގައި އާޔަތުގައި އައިސްފައިވާ “އުލިލް އަމްރު” ގެ މާނަކޮށްފައިވަނީ: “އަޞްޙާބުލް އަމްރު”ގެ މާނައިގައިއެވެ. އޭގެ މާނައަކީ އަމުރުވެރީންނެވެ. ޔަޢުނީ އަމުރާއި ނުފޫޒުފޯރުވޭފަދަ ބާރު ލިބިފައިވާ މީހުންނަށެވެ. އޭގެ ތެރެއަށް ޢިލްމުވެރީންނާއި ވިޔަފާރިވެރީންނާއި ސިޙުރުވެރީންވެސް ވަންނާނެއެވެ. ނަމަވެސް ޢިލްމުވެރީންގެ އިޞްޠިލާޙުގައި “އުލިލް އަމްރު”ގެ މާނައަކީ ޢިލްމުވެރީންނާއި ރައްޔިތުންގެ ކަންތައްތަކާއި ޙަވާލުވެގެންތިބި އެކިއެކި ފެންވަރުގެ ވެރީންނެވެ. އެމީހުންގެ ތެރެއިން އެންމެ އިސްކޮށް ތިބެނީ ޢިލްމުވެރީންނާއި ޤައުމުތަކުގެ ނުވަތަ އުއްމަތްތަކުގެ ވެރީންނެވެ.

ޝައިޚުލް އިސްލާމް އިބްނި ތައިމިޔާއާއި އިމާމް އިބްނި ކަޘިރުފަދަ ބޮޑެތި ޢިލްމުވެރީން ވިދާޅުވަނީ “އުލިލް އަމްރު”ގެ ތެރެއަށް ވެރީންނާއި ޢިލްމުވެރީން ވަންނަކަމަށެވެ. އަދި ކީރިތި ޤުރުއާނުގައިވާ “އުލިލް އަމްރު” ގެ މުރާދަކީވެސް ޤައުމުތަކުގައި އިސްކޮށް ތިބޭ ވެރީންނާއި ޢިލްމުވެރީންނެވެ.

ކޮންމެއަކަސް، ވެރީންނަކީ އެބައިމީހުން އިސްލާޙް ވެއްޖެނަމަ އެތައް ބަޔަކު އިސްލާޙު ވެގެންދާނޭ ފަދަ ނުފޫޒްހުރިބައެކެވެ. އެބައިމީހުން ނުބައިވެއްޖެނަމަ އެއީ އެތައްބައެއްގެ ހަލާކެވެ. އެހެންވެ އިސްލާމްދީން ބާރުއަޅަނީ އެބައިމީހުންނަށް ހެޔޮދުޢާކުރުމަށެވެ. އެބައިމީހުން އިސްލާޙްވޭތޯ ސިއްރިޔާތުގައި މަސައްކަތްކުރާށެވެ. އެބައިމީހުންފަތިފުއްތައް މީސްތަކުންނަށް ހާމަނުކުރުމަށެވެ. އެހެނީ އެއީ ކިތެއްމެ ނުބައިބައެއްކަމުގައިވިއަސް އެބައިމީހުންގެ ނުބައިކަން އޮންނާނީ ވަކި ޚާއްސަބައެއްގެ މައްޗަށެވެ. އެކަމަކު އެބައިމީހުންގެ ފަރާތުން ލިބޭފައިދާ އެތައްގުނަޔަކަށް އިތުރުވާނެއެވެ. އެއީ އިމާމް ޙަސަނުލް ބަސަރީއާއި އަދިވެސް އެހެނިހެން ސަލަފުން ވިދާޅުވެފައިވާ ފަދައިން އެބައިމީހުން މެދުވެރިކޮށް ﷲ ބިންމަތީގައި ފަތުރައްވާ މީސްތަކުންނަށް ފައިދާކުރާ ކަންތައްތައް މާގިނަވާނެއެވެ. ﷲ ޤުރުއާނުން ނެތިނުކުރައްވާ އެތައްގިނަގުނަ ކަންތައްތަކެއް ވެރީން މެދުވެރި ކުރައްވައިގެން ކުރައްވައެވެ. އެކަމަށް އިޝާރާތް ކުރައްވައި ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޙަދީޘް ކުރައްވަނީ:” إن الله يزع بالسلطان ما لا يزع بالقرآن” މާނައަކީ: “ޤުރުއާން މެދުވެރިކޮށްގެން ނުވާ އެތައް ކަމެއް ﷲ ވެރިޔާ މެދުވެރިކުރައްވައި ނިންމަވައެވެ”. އެހެންވެ އިމާމް އައްޠަޙާވީ “އަލްޢަޤީދާ އައްޠަޙާވިއްޔާ”ގައި ލިއުއްވާފައިވެއެވެ:”ނުބައިކަމަކަށް އަމުރު ނުކުރާހާ ހިނދަކު އެބައިމީހުންނަށް ކިޔަމަންވުން ވާނީﷲއަށްޓަކައި އަދާކުރާ ވާޖިބު ކިޔަމަންވުމެއް ކަމުގައިއެވެ

Download

Follow

Get every new post delivered to your Inbox.