އިސްލާމް ދީނުގައި އިންސާނީ ޙައްޤުތައް
October 13, 2009 Leave a comment
فإن آمنوا بمثل ما آمنتم به فقد اهتدوا وإن تولوا فإنما هم في شقاق
October 13, 2009 Leave a comment
September 12, 2009 Leave a comment
December 31, 2008 Leave a comment
ވެރީންނޭ ބުނުމުން އެންމެ ފުރަތަމަ ކޮންމެ މީހެއްގެވެސް ހިތަށް އަރާނީ އެބަހުގެ ތެރެއަށްފެތޭނީ ނުވަތަ އެބަހުގެ ތެރެއަށް ވަންނަނީ ކޮންބައެއްބާވައެވެ؟. ފަންޑިތަވެރީންބާވައެވެ. ނުވަތަ އަތޮޅުވެރީންބާވައެވެ. ނޫންނަމަ ވިޔަފާރިވެރީން ބާވައެވެ؟ ނުވަތަ ގޭގެ ވެރީން ބާވައެވެ. ނޫންނަމަ މަސްއޫލިއްޔަތު އުފުލަން ޖެހިފައިވާ ކޮނެމެ މީހަކުވާނީ ވެރިއަކަށް ބާވައެވެ؟
މިސުއާލުތަކުގެ ޖަވާބު ހޯދުމަށް ދާންޖެހޭނީ ޢިލްމުވެރީންގެ ބަސްތަކަށެވެ. އަދި ޢިލްމުވެރީންގެ ބަސްތަކަށް ދިއުމުގެ ކުރީގައި ކީރިތި ޤުރުއާނުގައި އައިސްފައިވާ ވެރީންގެ މަޤްޞަދުވެސް ބަލަން އެބަޖެހެއެވެ.
ކީރިތި ޤުރުއާނުގައި ﷲ ޞުބުޙާނަހޫ ވަތަޢާލާ ވެރީންގެ ވާހަަކަ ބަޔާން ކޮށްފައިވަނީ ސީދާބަހުން ދެ އާޔަތެއްގައިއެވެ. އެއީ ސޫރަތުއް ނިސާގެ 59ވަނަ އާޔަތުގައްޔާއި ހަމަ އެސޫރަތުގެ 83ވަނަ އާޔަތުގައިއެވެ. ތަފްސީރުލް ޖަލާލައިންގައި އާޔަތުގައި އައިސްފައިވާ “އުލިލް އަމްރު” ގެ މާނަކޮށްފައިވަނީ: “އަޞްޙާބުލް އަމްރު”ގެ މާނައިގައިއެވެ. އޭގެ މާނައަކީ އަމުރުވެރީންނެވެ. ޔަޢުނީ އަމުރާއި ނުފޫޒުފޯރުވޭފަދަ ބާރު ލިބިފައިވާ މީހުންނަށެވެ. އޭގެ ތެރެއަށް ޢިލްމުވެރީންނާއި ވިޔަފާރިވެރީންނާއި ސިޙުރުވެރީންވެސް ވަންނާނެއެވެ. ނަމަވެސް ޢިލްމުވެރީންގެ އިޞްޠިލާޙުގައި “އުލިލް އަމްރު”ގެ މާނައަކީ ޢިލްމުވެރީންނާއި ރައްޔިތުންގެ ކަންތައްތަކާއި ޙަވާލުވެގެންތިބި އެކިއެކި ފެންވަރުގެ ވެރީންނެވެ. އެމީހުންގެ ތެރެއިން އެންމެ އިސްކޮށް ތިބެނީ ޢިލްމުވެރީންނާއި ޤައުމުތަކުގެ ނުވަތަ އުއްމަތްތަކުގެ ވެރީންނެވެ.
ޝައިޚުލް އިސްލާމް އިބްނި ތައިމިޔާއާއި އިމާމް އިބްނި ކަޘިރުފަދަ ބޮޑެތި ޢިލްމުވެރީން ވިދާޅުވަނީ “އުލިލް އަމްރު”ގެ ތެރެއަށް ވެރީންނާއި ޢިލްމުވެރީން ވަންނަކަމަށެވެ. އަދި ކީރިތި ޤުރުއާނުގައިވާ “އުލިލް އަމްރު” ގެ މުރާދަކީވެސް ޤައުމުތަކުގައި އިސްކޮށް ތިބޭ ވެރީންނާއި ޢިލްމުވެރީންނެވެ.
ކޮންމެއަކަސް، ވެރީންނަކީ އެބައިމީހުން އިސްލާޙް ވެއްޖެނަމަ އެތައް ބަޔަކު އިސްލާޙު ވެގެންދާނޭ ފަދަ ނުފޫޒްހުރިބައެކެވެ. އެބައިމީހުން ނުބައިވެއްޖެނަމަ އެއީ އެތައްބައެއްގެ ހަލާކެވެ. އެހެންވެ އިސްލާމްދީން ބާރުއަޅަނީ އެބައިމީހުންނަށް ހެޔޮދުޢާކުރުމަށެވެ. އެބައިމީހުން އިސްލާޙްވޭތޯ ސިއްރިޔާތުގައި މަސައްކަތްކުރާށެވެ. އެބައިމީހުންފަތިފުއްތައް މީސްތަކުންނަށް ހާމަނުކުރުމަށެވެ. އެހެނީ އެއީ ކިތެއްމެ ނުބައިބައެއްކަމުގައިވިއަސް އެބައިމީހުންގެ ނުބައިކަން އޮންނާނީ ވަކި ޚާއްސަބައެއްގެ މައްޗަށެވެ. އެކަމަކު އެބައިމީހުންގެ ފަރާތުން ލިބޭފައިދާ އެތައްގުނަޔަކަށް އިތުރުވާނެއެވެ. އެއީ އިމާމް ޙަސަނުލް ބަސަރީއާއި އަދިވެސް އެހެނިހެން ސަލަފުން ވިދާޅުވެފައިވާ ފަދައިން އެބައިމީހުން މެދުވެރިކޮށް ﷲ ބިންމަތީގައި ފަތުރައްވާ މީސްތަކުންނަށް ފައިދާކުރާ ކަންތައްތައް މާގިނަވާނެއެވެ. ﷲ ޤުރުއާނުން ނެތިނުކުރައްވާ އެތައްގިނަގުނަ ކަންތައްތަކެއް ވެރީން މެދުވެރި ކުރައްވައިގެން ކުރައްވައެވެ. އެކަމަށް އިޝާރާތް ކުރައްވައި ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޙަދީޘް ކުރައްވަނީ:” إن الله يزع بالسلطان ما لا يزع بالقرآن” މާނައަކީ: “ޤުރުއާން މެދުވެރިކޮށްގެން ނުވާ އެތައް ކަމެއް ﷲ ވެރިޔާ މެދުވެރިކުރައްވައި ނިންމަވައެވެ”. އެހެންވެ އިމާމް އައްޠަޙާވީ “އަލްޢަޤީދާ އައްޠަޙާވިއްޔާ”ގައި ލިއުއްވާފައިވެއެވެ:”ނުބައިކަމަކަށް އަމުރު ނުކުރާހާ ހިނދަކު އެބައިމީހުންނަށް ކިޔަމަންވުން ވާނީﷲއަށްޓަކައި އަދާކުރާ ވާޖިބު ކިޔަމަންވުމެއް ކަމުގައިއެވެ
December 31, 2008 Leave a comment
شيخ محمد العنجري
ޝައިޙް އަބޫ އުޘްމާން މުހައްމަދު އަލް އަންޖަރީ
ޞަލަވާތާއި ސަލާމްލެއްވި ނަބިއްޔާ އާއި އެކަލޭގެފާނުގެ އަސްޙާބުންގެ ދަޢުވަތު ނުވަތަ ގޮވާލުން ބިނާވެފައި އޮތީ އަލް ފުރްޤާންގެ މައްޗަށެވެ.
ﷲ ޥަޙީ ކުރައްވަނީ: تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَى عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا
“ޢާލަމްތަކަށް އިންޒާރު ކުރައްވާ ބޭކަލަކު ކަމުގައި ވުމައްޓަކައި އެކަލާނގެ އަޅާއަށް، ފުރުޤާން( ޙައްޤާއި ބާޡިލް ވަކިކުރަނިވި ފަރަޤު) ބާވާލެއްވ ކަލާނގެ މަތިވެރިކަން ބޮޑެވެ.”
އަލްފުރުޤާނަކީ ކީރިތި ޤުރުޢާންގެ ނަން ތަކުގެ ތެރެއިން ނަމެކެވެ. އަލް މުފައްރިޤު އަދި އަލް ފާރިޤުއަކީ ކީރިތި ނަބިއްޔާގެ ނަން ތަކުގެތެރެއިން ނަންތަކެވެ. އެހެންކަމުން ޙައްޤާއި ބާޠިލް ވަކިކޮށް ފަރަޤު ކުރުންވަނީ ދީނުގެބިންގަލުގެ ތެރެއިންނެވެ. މި ފަރަޤު ކުރުމަކީ ދީނުގެ މުހިންމު އުސޫަލްތަކުގެ ތެރެއިން އުސޫލެކެވެ. އަދި ޙައްޤާއި ބާޡިލް ވަކިކޮށް ފަރަޤު ކުރުމަކީ އަހުލުލް ޙައްޤު (ޙައްޤުގެ އަހުލުވެރިން) ގެ ސިފަތަކުގެތެރެއިން ސިފައެކެވެ. މިކަމިގެ ދަލީލަކީ ޞަލަވާތާއި ސަލާމްލެއްވި ނަބިއްޔާ އެދުވަހެއްގައި ﷲގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާނެ ދުވަހު ﷲގެ ހިޔާވަހިކަމުގެ ނިޢުމަތް ލިބެނިވި ވާހަކަ އަންގައިދެމުން، އެކަލޭގެފާނު ޙަދީޘްކުރެއްވި ޙަދީޘުފުޅެެވެ.
“އެދެ މީހުން އެކަކު އަނެކަކުދެކެ ލޯބިވަނީ ﷲއަށް ޓަކައިއެވެ. އެދެމީހުން އެއްބައިވަނީ އެލޯތްބަށްޓަކައިއެވެ. އަދި ވަކިވެގަންނަނީވެސް އެލޯތްބަށްޓަކައިއެވެ.”
އެހެންކަމުން ތަޤުވާ ވާހުށީ ޙައްޤުގެ މަންހަޖުގެ އަހުލުވެރިން އެއްބައިވަންތަ ކުރުވާ މަގުކަމުގައެވެ. އަދި އެހެންމެ ތަޤުވާހުށީ ބާތިލް މަންހަޖުތަކުގެ އަހުލުވެރިނިންނާއި ވަކިވެގަތުމުގެ މަގުކަމުގައެވެ.
ﷲ ޥަޙީ ކުރައްވަނީ:يِا أَيُّهَا الَّذِينَ آمَنُواْ إَن تَتَّقُواْ اللّهَ يَجْعَل لَّكُمْ فُرْقَاناً
“އޭއީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރި ވަނީނަމަ ތިޔަބައިމީހުންނަށް އެކަލާނގެ ފުރުޤާން ދެއްވާހުއްޓެވެ.”
އެހެންކަމުން ﷲއަށް ޙައްޤުގޮތުގައި އީމާންވެއްޖެމީހާ އަށް ފުރުޤާން ލިބިގެންވެއެވެ. އެފުރުޤާނުން އޭނާ ނުބައި މަންހަޖުތަކާއި، ބާޠިލް ބަސްތަކުގެ އަހުލުވެރިންނާއި އެއްމަންހަޖަކަށާއި ސީދާވެގެންވާ ތެދުމަގަށް ތަބާވާ ޙައްޤުގެ މަންހަޖުގެ އަހުލުވެރިންނާ ވަކިކޮށް ފަރަޤުކުރެއެވެ. އަލްމިޤުދާދު ބިން އަސްވަދު ރިވާކުރެއްވި ޙަދީޘްގާވާ ފަދައިންނެވެ. އެކަލޭގެފާނު “ވަޑައިގަތީ ފުރުޤާނާއި އެކުގައެވެ. އަދި ފުރުޤާނުން ޙައްޤާއި ބާޠިލް ވަކިކުރެއްވިއެވެ. އަދި ބައްޕައާއި ދަރި ވަކި ކުރެއްވިއެވެ.” މިއީ އިމާމު އަޙްމަދު ރިވާކޮށް އަލްއަލްބާނީ ޞަޙީހަ ކުރެއްވި ޙަދީޘެކެވެ.
އެހެންކަމުން ސުންނަތަަށް ތަބާވާ އެދުރުބެ އޭނާގެ ދަރިވަރުންނަށް ފުރުޤާން އުގަންނައިދީ، އެމީހުންނަށް ހައްޤާއި ބާޠިލް ވަކިކޮށްދެއެވެ. އެކަމަކު މަކަރުވެރި އެދުރުބެ، އޭނާގެ ދަރުސްތަކުގެ މައިގަނޑު ޢުންވާނަކަށް ހަދާހުށީ ބާޠިލް ދަޢުވަތްތަކުގެ (ގޮވާލުންތަކުގެ) އަހުލުވެރިންނާއި އެއްބައިވެ ޖަމާޢާތުއް ސިޔާސިއްޔަތުލް އިސްލާމިއްޔާ (ސިޔާސީ އިސްލާމީ ޖަމާޢަތްތަކުގެ) ޝައިޚުންގެ ބާޠިލް ގޮތްތަކަށް ކިޔަމަންވުމެވެ. ފަހެ މީނާ ވާހުށީ ފުރުޤާންގެ ނޫރު ނިވާލިމީހަކަށެވެ.
އަލްޙައްޤު (ﷲ) މިކަމާ ބެހޭގޮތުން ވަޙީކުރެއްވިއެވެ.
وَكَذَلِكَ أَوْحَيْنَا إِلَيْكَ رُوحًا مِّنْ أَمْرِنَامَا كُنتَ تَدْرِي مَا الْكِتَابُ وَلَا الْإِيمَانُ وَلَكِن جَعَلْنَاهُ نُورًا بِهِ مَنْ نَّشَاء مِنْ عِبَادِنَا وَإِنَّكَ لَتَهْدِي إِلَى صِرَاطٍ مُّسْتَقِيمٍ نَّهْدِي
“ކަލޭގެފާނަށް ތިމަން ﷲ ރުޙާން (ވަޙީ) ބާވާލެއްވީ އެފަދައިންނެވެ. އެއީ ތިމަން ﷲގެ އަމުރުފުޅުންއައި ޤުރުުޢާނެއްކަމުގައެވެ. ފޮތަކީ ކޮން އެއްޗެއްކަން، އަދި އީމާނަކީ ކޮން އެއްޗެއްކަން ކަލޭގެފާނު ކުރިން ދެނެވަޑައިގެންނެތީމުއެވެ. ނަމަވެސް ތިމަން ﷲގެ އަޅުންގެތެރެއިން އިރާދަކުރައްވާ ބަޔަކަށް މަގު ދެއްކެވުމަށްޓަކަައި ނޫރެއްކަމުގައި ތިމަން ﷲ ލެއްވެވީމެވެ. ހަމަކަށަވަރުން ކަލޭގެފާނު ތިޔަ މަގު ދައްކަވަނީ ސީދާވެގެންވާ ތެދުމަގަށެވެ.”
އަލްފުރުޤާނުގެ އަސްލަކީ އައްތަފުރީޤެވެ. އައްތަފުރީޤަކީ ދަލީލުތަކަށް ނަޞްރުދެމުން ދެއެއްޗެއް ވަކިކޮށް ފަރަޤުކުރުމެވެ.މިހެންކަމާއެކު، ﷲ ރުއްސުންލެއްވި އުއްމުލް މުއުމިނީން ޢާއިޝާ އަލްފުރުޤާންގެ މުހިންމު ކަމުގެ ސަބަބުން އަލްފުރުޤާން މަތިވެރިކުރައްވަމުން ވިދާޅުވާ ކަމަށްވިއެވެ. “މުޙައްމަދުގެފާނުގެ މައްޗައް ފުރުޤާނު ބާވާލެއްވި ފަރާތް ގަންދީ ބުނަމެވެ.”
އެހެންކަމުން ޞަލަވާތާއި ސަލާމްލެއްވި ރަސޫލުގެ ޞަޙާބީންގެ ގޮތުގައި ބާރަށް ހިފައިފި ކޮންމެ މީހަކުމެ ވާހުށީ ފުރުޤާނުގެ އެންމެ މަތީ ދަރަޖައިގެ މީހަކަށެވެ. އަދި ޞަޙާބީންގެ މަގަށް ތަބާވުމުން ދުރުވެގަތް މީހާ ފަހެ ވާހުށީ ފުރުޤާނުން އެއްކިބާވެގަތް މީހަކަށެވެ. އޭނާއާއި އޭނަގެ އަހުލުވެރިންވާހުށީ ޙައްޤުގެ ނޫރުން ދުރަށްގޮސް ބާޠިލްގެ ކަނު އަނދިރީގައިވާ ބަޔަކަށެވެ. ހަމަކަށަވަރުން ޢާލަމްތަކަށް އިންޒާރު ކުރައްވާ ބޭކަލަކު ކަމުގައި ވުމައްޓަކައި އެކަލާނގެ އަޅާއަށް، ފުރުޤާން( ޙައްޤާއި ބާޡިލް ވަކިކުރަނިވި ފަރަޤު) ބާވާލެއްވ ކަލާނގެ މަތިވެރިކަން ބޮޑެވެ
December 30, 2008 Leave a comment
އެއްވެސް ޝައްކެއް ނެތެވެ. އާކޮންމެއެއްޗަކީބާވެގެން ދާނެއެއްޗެކެވެ. މިއަދުފެންނަަވަރަށްރީތި އެއްޗެއްވެސް މާދަމާ ހުތުރުވާތަން އާދެއެވެ. އިއްޔެގެ ވާހަކަތަކަށްްމިއަދު ވަނީކުރިއެރުން ތަކެއްލިބިފައެވެ. އެއްވެސްވާހަކައެއް ޘާބިތު ކުރުމަކާއިނުލައި އެއްވެސްމީހަކު ޤަބޫލެއްނުކުރެއެވެ. ޚާއްސަކޮށް ދީނުގެ މައްސަލަތައް، ސާފުކުރުމުގައި ދަލީލްހޯދުމަށް ކޮންމެމީހަކުވެސްް މަސައްކަތް ކުރެއެވެ. މިއީ ހަމަޔަޤީނުންވެސް ބާޠިލްފަތުރަން އުޅޭމީހުންނަށް ޖަހާލެވޭގޮމެކެވެ. އަދި ޙައްޤަށް ލިބޭނަޞްްރެކެވެ. އެހެނީ އިސްލާމީއުއްމަތަށް ދިމާވެފައިމިވާ ބައިބައިވުންތަކުގެ އެންމެ ބޮޑު އެއް އަސްލަކީ ދަލީިލަށް ބެލުމަކާއިނުލައި މީސްތަކުންގެ ރައްޔު (ވާހަކަ)ޤަބޫލުކުރުމެވެ. އަދި ވާހަކަދެކެވޭ ބަސްމޮށުންތެރި ކޮންމެެމީހަކީ ޙައްޤުބުނާމީހެއްކަމުގައި ބެލުމެވެ. މިއީ އަހަރެމެންގެ ވެސް ކުށެކެވެ. އަހަރެމެން ބަލިވެއްޖެކަމުގައިވާނަމަ އެކަމަށް ޚާއްސަ މީހަކު ހޯދައިގެންމެނުވީ އެކަމަށް ފަރުވާ ނުކުރަމެވެ. އެޚާއްސަމީހާ ހޯދުމަށްޓަކައި ރައްޓެހިން ކައިރިންއަހައި އަދި ފޯނުކޮށް އަދި ރަށްދޫކޮށް ފުރައިގެންވެސް ދެވެއެވެ، އެކަމަކު ދީނީ މައްސަލައެއްގަވެއްޖެއްޔާ އޮންނަނީ ކޮންމެގޮތެއްވެސް ވަރިހަމަ ވެފައިއެވެ. މިހެންވުމާއި އެކު އުފެދިފައިވާ ޚިލާފުތަކަށް ޢިޝާރާތް ކުރަމުން ޅެންވެރިޔާ އަލްފާޟިލް ޢަބްދުﷲ ޞާދިޤު ވިދާޅުވެފައިވެއެ.
އެންމެކިޔެވީ އެއްފޮތަކުންނޭ ފެންނަގޮތުން ދިހަބާރަފޮތުންނޭ
ނެތްނުކުރާކަ ކަމެއްމަދަރީންނޭ ދެންވެސްކިޔަނީއިސްލާމުންނޭ.
ވީމާ ދަންނަންވާ ނުކުތާއަކީ ގުޅުން ކަނޑައިލުމުގެ ޙަޤީޤަތްވެސް އެނގޭނީ ތިމާ އެހޯދައިގަތުމަށްޓަކައި ކޮންމެވެސް ވަރަކަށް މަސައްކަތް ކޮށްގެން ކަމެވެ. އެއީ އެހެނިހެން ކަންކަމުގައި ވަގުތު ހޭދަކުރާމޭރުމުންނެވެ. އެއްގޮތަކަށްވެސް ނުހޯދައި އެއީ ދީނުގައި ނެތްކަމެއްކަމަށް ތިމާ ޕީ. އެޗް. ޑީ ހަދައިގެން ހުއްޓަސް ބުނެގެން ނުވާނެއެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ: {وَلاَ تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولـئِكَ كَانَ عَنْهُ مَسْؤُولاً }الإسراء:36
މާނައީ: އަދި ކަލެއަށް އެކަމާއި މެދު އެނގުމެއް ނުވާކަމަކަށް ތަބަޢަނުވާށެވެ. ހަމަކަށަވަރުން އިވުމާއި ފެނުމާއި ހިތަކީ އެތަކެތިބޭނުންކުރި ގޮތާއި މެދު ސުވާލު ކުރެއްވޭނޭ ތަކެއްޗެވެ”. ވީމާ ނޭނގޭ ކަންކަމުގައި ތިމާގެ ހިއްސުތަކުގެ ބޭނުން ކުރުމަކީ ބުއްދިވެރިކަމަކަށް ނުވާނެއެވ
December 30, 2008 Leave a comment
ދީނަކީ ހަމައެކަނި ތިމާއަށް ޚާއްޞަ އެއްޗެއްނޫނެވެ. ޚާއްޞައެއްޗެއްކަމަށް ބުނަނީ ވޯރާއިންނާއި ޔަހޫދީންނެވެ. އެހެންނަމަވެސް ދީނަކީ މުޅި އިންސާނިއްޔަތު އަނދިރި ކަމުން ސަލާމަތް ކުރެއްވުމަށްޓަކައި ﷲ ބާވައިލައްވާފައިވާ އެއްޗެކެވެ. މީސްތަކުންނަށާއި ހަވާނަފްސަށް އަޅުކަން ކުރުމުން ސަލާމަތް ކުރައްވައި އެންމެން ހެއްދެވި ފަރާތަށް އަޅުކަން ޚާލިޞް ކުރުމަށްޓަކައި ރައްބުލް އަރްބާބް ބާވައިލައްވާފައިވާ އެއްޗެކެވެ. ނަމަވެސް ފަހުން މީސްތަކުން އެބަދަލުކޮށްގެން އެބައިމީހުން ބޭނުން ގޮތަކަށް އުޅެންފެށުމުގެ ނަތީޖާއަކަށްވީ އެބައިމީހުންގެ މެދުގައި ބައިބައިވުން އުފެދި އެބައިމީހުން ނިކަމެތިވުމެވެ. އަދި މީސްތަކުން މަގުފުރެދިގެން ދިއުމެވެ.
މިމަގުފުރެދުމުގެ އަސްލު ބަޔާން ކުރައްވައި ޝެއިޚުލް އިސްލާމް ވިދާޅުވެފައިވެއެވެ:”ދެން އެމީހުން ނަބީންގެ ވާހަކަތައް އަޑުއިވުމުން އެމީހުންގެ ބަސްތަަކާއި އެބަސްތައް އެކުލެވޭތޯ މަސަައްކަތްކުރިއެެވެ. އެގޮތުން ނަބީން ބުނެފައިވާ ބަސްތައް އެބައިމީހުންގެ މާނަތަކާއި އެއްގޮތްވާގޮތުގެ މަތީން ހަދަމުން ގެންދިޔައެވެ. އަދި އެމާނަތަކަށް ނަބީންގެ ފަރާތުން ނަގުލުކޮށްފައިވާ ލަފްޟުތައް ބޭނުން ކުރަމުން ގެންދިޔައެވެ. އެއަށްފަހު އެލަފްޟުތައް ބޭނުންކޮށްގެން ފޮތްލިޔެ ވާހަކަދައްކަން ފެށުމުން ނަބީންނާއި އެމީހުންގެ މުރާދު ނޭނގޭ މީހުން ހީކުރީ އެމީހުން އެލަފްޟުތައް ބޭނުންކުރަނީ ނަބީން ބެނުންކުރި މާނައިގައިކަމަށެވެ. އެހެން ހިތައި އެތައް ބަޔަކު މަގުފުރެދިގެން ދިޔައެވެ”. (އިބްނި ތެއިމިޔާ، އައްނުބުއްވާތު، ޞ249)
މީގެއިން ދޭހަވަނީ އަޅުގަނޑުމެން ދީނީ އެންމެހައި ކަންތައްތަކުގައްޔާއި އަދި ދުނިޔަވީ ކަންތައްތަކުގައި ޝަރުޢީ ލަފްޟުތައް ދެނެގަނެ އެ ބޭނުން ކުރުމުގެ މުހިއްމުކަމެވެ. މިގޮތުން މިކުޑަކުޑަފޮތުގައިވެސް މި ބޭނުންކުރަނީ ޝަރުޢީ ލަފްޟެކެވެ. އެއީ “ސަލަފިއްޔަތު” މިލަފްޟެވެ. މާތް ﷲ އަޅަމެންނަށް އެލަފްޟު ދެނެގަތުމުގެ ހެޔޮތައުފީޤު ދެއްވާށި އާމީނ