މައިންބަފައިން

އެބައެއްގެ ހިތް އަޅުގަނޑުމެންގެ މައްޗަށް ރަޙްމާއި ހަމްދަރުދީން އުފެދިފައިވާ ބަޔަކީ ކޮބައިތޯއެވެ؟ އެބައެއްގެ ނިންޖާއި ޢަރާމާއި އުފާ ނަގާލައި އަޅުގަނޑުމެންނަށް އެބައިމީހުންގެ އަމިއްލަ ހަށިގަނޑަށްވުރެވެސް ބޮޑަށް ލޯބިވާ ބަޔަކީ ކޮބައިތޯއެވެ؟ އަމިއްލަޔަށް ބަޑުހައި ހޫނުކަން މަތީގައި އުޅެ އަޅުގަނޑުމެން ބަނޑުފުރާނަ މުއްތިކުރުމަށް ރެއާއި ދުވާލު މަސައްކަތް ކުރާ ބަޔަކީ ކޮބައިތޯއެވެ؟ އެބައެއްގެ ހިތްތަކުގެ ހަމަޖެހުމާއި އަދި ލޯތަކުގެ ފިނިކަންކަމަށްއަޅުގަނޑުމެންވާ މާތް އޯގާވެރި ބައެކޭ އަޅުގަނޑުމެން މިކިޔަނީ ކޮންބަޔަކަށްތޯއެވެ؟ އެއީ އަޅުގަނޑުމެންގެ ލޮބުވެތި ނިޔަނެތި މައިންބަފައިންނެވެ!.

އާދެ! އެއްވެސް ޝައްކެއްނެތެވެ. ސުވަރުގެ ވަންނައްއެދޭމީހާއަށް ވަނީ މައިންބަފައިންނަށްް ހެޔޮކޮންހިތުމެވެ. އެމީހުންގެ ހިތުގައިނުޖެއްސުމެވެ. އެމީހުންގެ ފައިބުޑުގައި އޮވެގެންމަރުވެގެން ދިއަޔަސް އެމީހުންގެ ޙައްޤު ތައް އަދާނުކުރެވޭނެއެވެ. މުޅިޢުމުރުދުވަހަށް އެމީހުންގެ ފައި ބުޑުގައި އޮވެ،އެމީހުންނަށް ނޯކަރީކުރިއަސް އެމީހުންގެމައްޗަށްވާ މަސްއޫލިއްޔާތަކެއް އަދައެއްނުކުރެވޭނެއެވެ. ﷲގެ ރަސޫލާގެ އަރިހުންސާބިތުވާގޮތުގައި އެމީހުންގެ ޙައްޤު އަދާކުރެވޭނީއެންމެ ކަމަކުންނެވެ. އެއީ އެއިންމީހަކު މީހެއްގެ އަޅުވެތިކަމުގެ ދަށުގައި ވަނިކޮށް އޭނާ މިނިވަން ކުރުމުންނެވެ. މީގައިވެސް ނައްޞުއައިސްފައިވަނީ އެމީހުންގަނެފައި މިނިވަންކުރުމެވެ. ވީމާ،މިހާރު މީހެއްގެ މަސައްކަތުގައި އުޅޭމީހަކީ އަޅެއް ކަމަށްބަލައިގެން އޭނާއަށް ފައިސާ ތަކެއްދިނަސް ކަމަކުނުދާނެއެވެ. އެއީއަޅުވެތިކަމެއް ނޫނެވެ. އަބޫހުރައިރާގެ ފަރާތުން އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘެއްގައި މިކަން ސާފުކޮށް އެނގެން އެބައޮތެވެ.މިޙަދީޘަކީ ޞަޙީޙުލްޖާމިޢު ގެ 7498ވަނަ ޙަދީޘެވ

Download

Follow

Get every new post delivered to your Inbox.