އިމާމާޔާއި މައުމޫމާ އިޤްތިދާވުން

މި ލިޔުން ލިޔެފައިވަނީ އައްޝައިޚް ޢަބްދުﷲ ސަޢީދުއެވެ. މިލިއުމުން އިންޝާﷲ ، މައުމޫމާ އިމާމާއަށް ކިޔަމަންވުމަކީ ކިހާވަރެއްގެ މުހިއްމުކަމެއްކަން ކިޔުންތެރިންނަށް އެނގިލައްވާނެއެވެ. އަދި ހަމައެހެންމެ، ފަތިސް ނަމާދުގައި ދާއިމީގޮތެއްގައި ޤުނޫތު ކިޔުމުގެ ހުކުމްވެސް އެނގިލައްވާނެއެވެ.

މި ލިޔުން ޑައުންލޯޑް ކުރެއްވުމަށް ކްލިކް ކޮށްލައްވާ

ސުތުރާގެ މުހިންމުކަން

ސުތުރާގެ މުހިންމުކަން…

މި ލިޔުން ލިޔެފައިވަނީ އައްޝައިޚް ޢަބްދުﷲ ސަޢީދުއެވެ. ސުތުރާއަކީ ނަމާދުކުރާމީހާ އޭނާގެ ސަޖިދަޖަހާތަނާއި، އޭނާއާއި ދެމެދު ފާހަގަކުރުމަށް ބަލައިގަންނަށް ނިވަލެކެވެ. މިލިޔުމުން ސުތުރާނެގުމުގެ ހުކުމާއި ސުތުރާ ނަގައިގެން ހުރިމީހެއްގެ ކުރި ކެޑުމަކީ ކިހާވަރެއްގެ ކަމެއްކަން ކިޔުންތެރިންނަށް އިންޝާﷲ އެނގިލައްވާނެއެވެ. މިއީ މިމުޖުތަމައުގައި ގިނަބަޔަކަށް އެހާމުހިއްމުކަމެއް ެ.

މިލިޔުން ޑައުންލޯޑް ކުރެއްވުމަށް އަހްލުލް އާޘާރު ޑޮޓް ނެޓަށް ޒިޔާރަތްކޮށްލައްވާ

ޤުރްއާނާއި ސުންނަތުގެ މީޒާނުގައި ނަމާދު

ޤުރްއާނާއި ސުންނަތުގެ މީޒާނުގައި ނަމާދު

މިފޮތުގައި އަލިއަޅުވާލައިފައިވާ ނުކުތާތަށް

ޤުރްއާނާއި ސުންނަތުގެ މީޒާނުގައި ނަމާދުގެ މުހިންމުކަން
ޤުރްއާނާއި ސުންނަތުގެ މީޒާނުގައި ނަމާދު އެޅުމުގެ ނުރައްކާ
ޤުރްއާނާއި ސުންނަތުގެ މީޒާނުގައި ނަމާދު ކުރާނެގޮތް

މި 112 ސަފްޙާގެ ފޮތް ޑައުންލޯޑުކުރެއްވުމަށް ކްލިކް ކޮށްލައްވާ

ޤުރުއާނާއި ސުންނަތުގެ މީޒާނުގައި ނަމާދު

އިމާމް އިސްޙާޤް އިބްނި ރާހޯޔާ ވިދާޅުވެފައިވެއެވެ:” ސަލާމާއި ޞަލަވާތްލެއްވި ﷲގެ ރަސޫލާގެ ފަރާތުން ނަމާދު އަޅައިފިމީހާކާފަރުވާ ކަން ވަނީ ޞައްޙަގޮތުގައި ސާބިތުވެފައިއެވެ، ހަމަ އެފަދައިން މާތްރަސޫލާގެ ޒަމާނުންފެށިގެން މިއަދާއި ހަމައަށް އެންމެހައި ޢިލްމުވެރީންވަނީ ގަސްތުގައި އެއްވެސް ޢުޒުރެއްނެތި ނަމާދު އަޅަައިފިމީހާޔަކީ ކާފަރެއްކަމަށް ބުނެފައިއެވެ”.

( ޝައިޚް އަލްބާނީ، ޞަޙީޙް އައްތަރުޣީބު ވައްތަރުހީބް، 5ވަަނަ މުޖައްލަދުގެ 575ވަނަ ޙަދީޘް.)”.

އިމާމް އިބްނި ޙަޒްމް ވިދާޅުވިއެވެ:” ﷲރުއްސުންލެއްވި ޢުމަރު ބިން ޚައްޠާބާއި ޢަބްދުއްރަޙްމާން ބިން ޢަވްފާއި، މުޢާޒްބިން ޖަބަލާއި އަދި އަބޫ ހުރައިރާފަދަ ޞަޙާބީންގެ ފަރާތުން އައިސްފައިވަނީ: ވަގުތުން ގަސްތުގައި ނަމާދު އަޅާއިފިމީހާ އަކީ މުރުތައްދުވެ ކާފިރުވެފައިވާ މީހެއްކަމަށެވެ، މިއާއި ޚިލާފަށް މީހަކު ބުނާކަމަކަށް އެނގިފައެއްނެތެވެ” ( މަކާނަތުއް ޞަލާތް ފިލް އިސްލާމް، ދާރު އިބްނި ޚުޒައިމާ،5ވަނަ ޞަފްޙާ.)

Download

Follow

Get every new post delivered to your Inbox.