Who is your Lord? (ﷲ ދެނެގަތުން)
August 9, 2009 Leave a comment
ކުޑަކުދިންނަށް ތައުހީދު- ލެވެލް 1
ﷲ ދެނެގަތުން
ޑޮކްޓަރ ޞާލިޙް އައް ޞާލިޙް
فإن آمنوا بمثل ما آمنتم به فقد اهتدوا وإن تولوا فإنما هم في شقاق
August 9, 2009 Leave a comment
ކުޑަކުދިންނަށް ތައުހީދު- ލެވެލް 1
ﷲ ދެނެގަތުން
ޑޮކްޓަރ ޞާލިޙް އައް ޞާލިޙް
July 22, 2009 Leave a comment
حكم المظاهرات
މުޒާހަރާ ކުރުމުގެ ހުކުމް
الحمد لله رب العالمين، وأشهد أن لا إله إلا الله وحده لا شريك له الملك الحق المبين، وأشهد أن محمداً عبده ورسوله الصادق الأمين، أما بعد:
ދީނުގެ އަސްލު އުސޫލުތަށް ނޭގޭ ޖާހިލުންތަށް ތިމާމެންނަކީ އިލްމުވެރިންނޭ ހިތާ ދީނުގެކަންތަތަކާ މެދު ހިތުހުރިގޮތަކަށް ފަތަވާދޭކަމީ މިއުންމަތަށް ޖެހިފައިވާ އެންމެބޮޑު އެއް މުސީބާތެވެ. ހަރުބަހެއްގައިވެއެވެ. “ލޯފަން މީހުންގެ ރަށުގައި އެއްލޮލުގެ ވެރިޔާއީ ރަސްކަލެކެވެ.” މިބީދައިން ދިވެހި ރާއްޖެފަދަ އޮޅުންބޮޅުމާއި ކިލަބުކަމެއްގައި މިއަދު މީސްތަކުންތިބި ތަނެއްގައި އިލްމުގެ ކޮންމެެވެސްވަރެއް ލިބި، ފަށުވިއިބާރާތުން ވާހަކަދައްކާ އަދި ޝަރުޢީ ބައެއްލަފްޒުތަށް ބޭނުންކުރާ މީހާއަކީ ބޮޑުއިލްމުވެރިއެއްކަހަލައެވެ.
އަދި މިފަދަމީހުން ނަމުގެކުރިއަށް “އައްޝެއިޚް” ނޫނީ އެވަރުނުވެގެން “ފަޟީލަތުއް ޝައިޚް” ޖަހައި ސަލަފުންނަށް ނިސްބަތްވެގެން ސަލަފުއް ސޯލިހުންގެ މަންހަޖްގެ މަތީގައިވާ ބޮޑެތި އިލްމުވެރިންގެ، އާދެ ހަގީގީ ޝެއިޚުންގެ،ފަތަވާތަކާ ދިމާއިދިކޮޅަށް އިގިހުރެ ފަތަވާދޭކަމީ އަޖައިބުވާ ކަމެކެވެ. ދެންފަހެ، ހާއިރާންވެ އަންތަރީސްވާން ޖެހެނީ މިބައިމީހުން މިބޮޑެތިއިލްމުވެރިންގެ ފަތަވާ މިބައިމީހުން ބޭނުންވާކަންކަމުގައި ނަގާ ބޭނުންނުވާ ކަންކަމުގައި އެއްލައިލާކަމެވެ. ބޭނުންނުވާ ކަންކަމުގައި މިބައިމީހުން ބުނަނީ މިބޮޑެތި އިލްމުވެރިންނަކަށް ފިޤްހުލްވާގިއު ނުވަތަ ކަރަންޓް ސިޓުއޭޝަން ނޭގޭކަމަށެވެ. ކޮންމެ ގަރުނެއް އަދި ޒަމާނެއްގައި ވެސް ހަވާނަފްސުގެ އަހުލުވެރިން ގެ އަލާމަތެއް ކަމުގައިވަނީ، މިބައި މީހުން އަހުލުސުންނަތް ވަލް ޖަމާއަތުގެ އިލްމުވެރިންނަށް މިފަދަ ބަދުނާމުތަށް ކުރާކަމެވެ. ތާރީޚަށް ބަލާއިރު އިމާމް އިބްނު ސީރީން ފަދަ، އަދި އިމާމުއް ޝާފިއީ ފަދަ ބޭބޭކަލުންނަށް، އެބޭކަލުންނަކީ އަންހެނުންގެ ޙައިޟު ނިފާސްގެ އިލްމުވެރިންނޭ ބިދުއަވެރިންކިއާ އުޅުނެވެ.
ހަމަމިގޮތަށް މިޒަމާނުގެ އިލްމުގެ ފަރުބަދަތަށް ކަމުގައިވާ އިމާމް އިބްނު ބާޒް، އިމާމް އަލްބާނީ، އިމާމް އިބްނު އުޘައިމީން، އިމާމް މުޤްބިލް، އައްލާމާ ރަބީޢު އަދި އައްލާމާ ފައުޒާން ފަދަބޭބޭކަލުންނަށް އުންމަތުގެ ހާލަތު ރަންގަޅަށް ނޭގޭކަމަށް މިބިދުއަވެރި ހަވާނަފްސުގެ އަހުލުވެރިން ކިޔައި ދޮގުތުހުމަތުކުރެއެވެ.
އަބޫ އުމައްޔާ އަލް ޖުމާހީ ސަލަވާތާއި ސަލާމްލެއްވި ނަބިއްޔާ ހަދީސް ކުރެއްވިކަމަށް ވިދާޅުވިއެވެ. “ޤިޔާމަތް ދުވަހުގެ އަލަމާތުގެ ތެރެއިން އަލާމާތަކީ މީސްތަކުން އިލްމު އުގެނޭހުށީ އަސާގިރުންގެ ކިބައިންނެވެ”
އިބްނުމުބާރަކް ވިދާޅުވިއެވެ. “އެއީ (އަސާގިރުންނަކީ) ހަވާ ނަފްސާއި ބިދްއައިގެ އަހުލުވެރިންނެވެ.”
ދެންފަހެ ދަންނާށެވެ. “މި އިލްމަކީ ދީނެވެ. ކަލޭ މިދީން ނަގަނީކޮންބައެއްގެ ކާއިރިންތޯ ރަންގަޅަށް ބަލާށެވެ”.
ދެން އާޚިރުގައި ބުނަމެވެ. މިކުޑަކުޑަ ރިސާލާތް އެކުލަވާލުމުގެ މާއިގަޑު މަގްސަދަކީ މުޒަހަރާކުރުމާއި މެދު އަހުލު ސުންނާތްގެ އިލްމުވެރިން ވިދާޅުވަނީ ކީކޭތޯ ތިޔައެންމެހާ ލޮބުވެތި އަޚުނާއި އުޚުތުންނަށް ވާސިލްކޮށްލުމެވެ. ދީނުގެ މައްސަލާތަށް އިލްމުގެ ހަޤީޤީ އަހުލުވެރިންނަށް ރައްދުކުރާބަޔަކަށް ހުރީ ކާމިޔާބާ ފަލާހެވެ
އިތުރަށް ކިޔުވުމަށް މި ލިންކް އަށް ކްލިކް ކޮށްލަށްވާ
December 31, 2008 Leave a comment
شيخ محمد العنجري
ޝައިޙް އަބޫ އުޘްމާން މުހައްމަދު އަލް އަންޖަރީ
ޞަލަވާތާއި ސަލާމްލެއްވި ނަބިއްޔާ އާއި އެކަލޭގެފާނުގެ އަސްޙާބުންގެ ދަޢުވަތު ނުވަތަ ގޮވާލުން ބިނާވެފައި އޮތީ އަލް ފުރްޤާންގެ މައްޗަށެވެ.
ﷲ ޥަޙީ ކުރައްވަނީ: تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَى عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا
“ޢާލަމްތަކަށް އިންޒާރު ކުރައްވާ ބޭކަލަކު ކަމުގައި ވުމައްޓަކައި އެކަލާނގެ އަޅާއަށް، ފުރުޤާން( ޙައްޤާއި ބާޡިލް ވަކިކުރަނިވި ފަރަޤު) ބާވާލެއްވ ކަލާނގެ މަތިވެރިކަން ބޮޑެވެ.”
އަލްފުރުޤާނަކީ ކީރިތި ޤުރުޢާންގެ ނަން ތަކުގެ ތެރެއިން ނަމެކެވެ. އަލް މުފައްރިޤު އަދި އަލް ފާރިޤުއަކީ ކީރިތި ނަބިއްޔާގެ ނަން ތަކުގެތެރެއިން ނަންތަކެވެ. އެހެންކަމުން ޙައްޤާއި ބާޠިލް ވަކިކޮށް ފަރަޤު ކުރުންވަނީ ދީނުގެބިންގަލުގެ ތެރެއިންނެވެ. މި ފަރަޤު ކުރުމަކީ ދީނުގެ މުހިންމު އުސޫަލްތަކުގެ ތެރެއިން އުސޫލެކެވެ. އަދި ޙައްޤާއި ބާޡިލް ވަކިކޮށް ފަރަޤު ކުރުމަކީ އަހުލުލް ޙައްޤު (ޙައްޤުގެ އަހުލުވެރިން) ގެ ސިފަތަކުގެތެރެއިން ސިފައެކެވެ. މިކަމިގެ ދަލީލަކީ ޞަލަވާތާއި ސަލާމްލެއްވި ނަބިއްޔާ އެދުވަހެއްގައި ﷲގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާނެ ދުވަހު ﷲގެ ހިޔާވަހިކަމުގެ ނިޢުމަތް ލިބެނިވި ވާހަކަ އަންގައިދެމުން، އެކަލޭގެފާނު ޙަދީޘްކުރެއްވި ޙަދީޘުފުޅެެވެ.
“އެދެ މީހުން އެކަކު އަނެކަކުދެކެ ލޯބިވަނީ ﷲއަށް ޓަކައިއެވެ. އެދެމީހުން އެއްބައިވަނީ އެލޯތްބަށްޓަކައިއެވެ. އަދި ވަކިވެގަންނަނީވެސް އެލޯތްބަށްޓަކައިއެވެ.”
އެހެންކަމުން ތަޤުވާ ވާހުށީ ޙައްޤުގެ މަންހަޖުގެ އަހުލުވެރިން އެއްބައިވަންތަ ކުރުވާ މަގުކަމުގައެވެ. އަދި އެހެންމެ ތަޤުވާހުށީ ބާތިލް މަންހަޖުތަކުގެ އަހުލުވެރިނިންނާއި ވަކިވެގަތުމުގެ މަގުކަމުގައެވެ.
ﷲ ޥަޙީ ކުރައްވަނީ:يِا أَيُّهَا الَّذِينَ آمَنُواْ إَن تَتَّقُواْ اللّهَ يَجْعَل لَّكُمْ فُرْقَاناً
“އޭއީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރި ވަނީނަމަ ތިޔަބައިމީހުންނަށް އެކަލާނގެ ފުރުޤާން ދެއްވާހުއްޓެވެ.”
އެހެންކަމުން ﷲއަށް ޙައްޤުގޮތުގައި އީމާންވެއްޖެމީހާ އަށް ފުރުޤާން ލިބިގެންވެއެވެ. އެފުރުޤާނުން އޭނާ ނުބައި މަންހަޖުތަކާއި، ބާޠިލް ބަސްތަކުގެ އަހުލުވެރިންނާއި އެއްމަންހަޖަކަށާއި ސީދާވެގެންވާ ތެދުމަގަށް ތަބާވާ ޙައްޤުގެ މަންހަޖުގެ އަހުލުވެރިންނާ ވަކިކޮށް ފަރަޤުކުރެއެވެ. އަލްމިޤުދާދު ބިން އަސްވަދު ރިވާކުރެއްވި ޙަދީޘްގާވާ ފަދައިންނެވެ. އެކަލޭގެފާނު “ވަޑައިގަތީ ފުރުޤާނާއި އެކުގައެވެ. އަދި ފުރުޤާނުން ޙައްޤާއި ބާޠިލް ވަކިކުރެއްވިއެވެ. އަދި ބައްޕައާއި ދަރި ވަކި ކުރެއްވިއެވެ.” މިއީ އިމާމު އަޙްމަދު ރިވާކޮށް އަލްއަލްބާނީ ޞަޙީހަ ކުރެއްވި ޙަދީޘެކެވެ.
އެހެންކަމުން ސުންނަތަަށް ތަބާވާ އެދުރުބެ އޭނާގެ ދަރިވަރުންނަށް ފުރުޤާން އުގަންނައިދީ، އެމީހުންނަށް ހައްޤާއި ބާޠިލް ވަކިކޮށްދެއެވެ. އެކަމަކު މަކަރުވެރި އެދުރުބެ، އޭނާގެ ދަރުސްތަކުގެ މައިގަނޑު ޢުންވާނަކަށް ހަދާހުށީ ބާޠިލް ދަޢުވަތްތަކުގެ (ގޮވާލުންތަކުގެ) އަހުލުވެރިންނާއި އެއްބައިވެ ޖަމާޢާތުއް ސިޔާސިއްޔަތުލް އިސްލާމިއްޔާ (ސިޔާސީ އިސްލާމީ ޖަމާޢަތްތަކުގެ) ޝައިޚުންގެ ބާޠިލް ގޮތްތަކަށް ކިޔަމަންވުމެވެ. ފަހެ މީނާ ވާހުށީ ފުރުޤާންގެ ނޫރު ނިވާލިމީހަކަށެވެ.
އަލްޙައްޤު (ﷲ) މިކަމާ ބެހޭގޮތުން ވަޙީކުރެއްވިއެވެ.
وَكَذَلِكَ أَوْحَيْنَا إِلَيْكَ رُوحًا مِّنْ أَمْرِنَامَا كُنتَ تَدْرِي مَا الْكِتَابُ وَلَا الْإِيمَانُ وَلَكِن جَعَلْنَاهُ نُورًا بِهِ مَنْ نَّشَاء مِنْ عِبَادِنَا وَإِنَّكَ لَتَهْدِي إِلَى صِرَاطٍ مُّسْتَقِيمٍ نَّهْدِي
“ކަލޭގެފާނަށް ތިމަން ﷲ ރުޙާން (ވަޙީ) ބާވާލެއްވީ އެފަދައިންނެވެ. އެއީ ތިމަން ﷲގެ އަމުރުފުޅުންއައި ޤުރުުޢާނެއްކަމުގައެވެ. ފޮތަކީ ކޮން އެއްޗެއްކަން، އަދި އީމާނަކީ ކޮން އެއްޗެއްކަން ކަލޭގެފާނު ކުރިން ދެނެވަޑައިގެންނެތީމުއެވެ. ނަމަވެސް ތިމަން ﷲގެ އަޅުންގެތެރެއިން އިރާދަކުރައްވާ ބަޔަކަށް މަގު ދެއްކެވުމަށްޓަކަައި ނޫރެއްކަމުގައި ތިމަން ﷲ ލެއްވެވީމެވެ. ހަމަކަށަވަރުން ކަލޭގެފާނު ތިޔަ މަގު ދައްކަވަނީ ސީދާވެގެންވާ ތެދުމަގަށެވެ.”
އަލްފުރުޤާނުގެ އަސްލަކީ އައްތަފުރީޤެވެ. އައްތަފުރީޤަކީ ދަލީލުތަކަށް ނަޞްރުދެމުން ދެއެއްޗެއް ވަކިކޮށް ފަރަޤުކުރުމެވެ.މިހެންކަމާއެކު، ﷲ ރުއްސުންލެއްވި އުއްމުލް މުއުމިނީން ޢާއިޝާ އަލްފުރުޤާންގެ މުހިންމު ކަމުގެ ސަބަބުން އަލްފުރުޤާން މަތިވެރިކުރައްވަމުން ވިދާޅުވާ ކަމަށްވިއެވެ. “މުޙައްމަދުގެފާނުގެ މައްޗައް ފުރުޤާނު ބާވާލެއްވި ފަރާތް ގަންދީ ބުނަމެވެ.”
އެހެންކަމުން ޞަލަވާތާއި ސަލާމްލެއްވި ރަސޫލުގެ ޞަޙާބީންގެ ގޮތުގައި ބާރަށް ހިފައިފި ކޮންމެ މީހަކުމެ ވާހުށީ ފުރުޤާނުގެ އެންމެ މަތީ ދަރަޖައިގެ މީހަކަށެވެ. އަދި ޞަޙާބީންގެ މަގަށް ތަބާވުމުން ދުރުވެގަތް މީހާ ފަހެ ވާހުށީ ފުރުޤާނުން އެއްކިބާވެގަތް މީހަކަށެވެ. އޭނާއާއި އޭނަގެ އަހުލުވެރިންވާހުށީ ޙައްޤުގެ ނޫރުން ދުރަށްގޮސް ބާޠިލްގެ ކަނު އަނދިރީގައިވާ ބަޔަކަށެވެ. ހަމަކަށަވަރުން ޢާލަމްތަކަށް އިންޒާރު ކުރައްވާ ބޭކަލަކު ކަމުގައި ވުމައްޓަކައި އެކަލާނގެ އަޅާއަށް، ފުރުޤާން( ޙައްޤާއި ބާޡިލް ވަކިކުރަނިވި ފަރަޤު) ބާވާލެއްވ ކަލާނގެ މަތިވެރިކަން ބޮޑެވެ