ޝިޔަޢީީންނަކީ މުސްލިމުންތޯ؟
December 30, 2008 Leave a comment
މިޒަމާނުގައި “ޝީޢާ” މިލަފްޜު ބޭނުން ކުރެވިއްޖެނަމަ އެލަފްޜު އެ ބޭނުން ކުރެވެނީ މިބައިމީހުންގެ ގިނަމީހުންކަމަށްވާ އިޘްނާ ޢަޝަރީންނަށެވެ، އެހެން ލަފްޜެއްގެ ބޭނުންހިފާނަމަ ޖަޢުފަރީންނަށެވެ. ނުވަތަ އިމާމީންނަށެވެ. ދުނިޔޭގައި ތިބި ޝިޔަޢީންގެ ޖަމާޢަތްތަކުގެ ތެރޭގައި މުޅިދުނިޔޭގެ ޖައްވު ފުރާލާފައިވާ ބަޔަކީ މިއެވެ. އެހެންވެ މިބައިމީހުންގެ ބޮޑެތި އިމާމުންކަމުގައި މިބައިމީހުން ދެކޭ އެންމެ ބޮޑެތި މީހުންގެ ތެރޭގައި ހިމެނޭ ނޫރީ އައްޠަބްރަސީ މެންފަދަ ސައްޔިދު އަމީރު ޢަލީ ފަދަ އަދި މުޙައްމަދު އާލް ކާޝިފް ޢިޠ ފަދަ މުޙައްމަދުލް ޢާމިލ ފަދަ މީހުންގެ ދުލުން އިޢުތިރާފްވެފައިވާ ފަދައިން މިނަން “ޝީޢާ” ޢާންމުކޮށް ބޭނުން ކުރެވިއްޖެނަމަ އިތުރު އެހެން ފިރުގައަކަށް ނުގޮސް އެ ނިސްބަތްވަނީ އިޘްނާ ޢަޝަރީންނަށެވެ. ނުވަތަ ޖަޢުފަރީންނަށެވެ. ނުވަތަ އިމާމީންނަށެވެ. މިފޮތް ކިޔަމުން ދާއިރު މިޙަޤީޤަތް ހިތުގައި ބޭއްވުން އެދެމެވ