އިސްތަވާގޮޑިގަތުން

މިކުޑަކުޑަ ފޮތުގައި މިބަލައިލަން ގަސްތު ކުރަނީ ﷲގެ ސިފަފުޅުތަކުގެ ތެރެއިން އިސްތަވާވޮޑިގަތުމާއި  ބެހޭގޮތުންނެވެ. ﷲ އަޅުގަނޑުމެން އެންމެން ބިދުޢައިން ސަލާމަތް ކުރައްވާ ދެދުނިޔޭގެ ބާއްޖަވެރިން ކަމުގައި ލައްވާނދޭވެ! އާމީން

މި ފޮތް ޑައުންލޯޑު ކުރެއްވުމަށް ކްލިކް ކޮށްލައްވާ

Who is your Lord? (ﷲ ދެނެގަތުން)

ކުޑަކުދިންނަށް ތައުހީދު- ލެވެލް 1

ﷲ ދެނެގަތުން

ޑޮކްޓަރ ޞާލިޙް އައް ޞާލިޙް

މި ފޮތް ޑައުންލޯޑް ކުރެއްވުމަށް ކްލިކް ކޮށްލައްވާ

އިސްތަވާވޮޑިގަތުމަކީ މާތްﷲ އަށްއެއިލާހު ސާބިތުކުރައްވާފައިވާ ސިފައެކެވ

މާތްﷲ ގެ އިސްމުފުޅުތަކަށާއިސިފަފުޅުތަކަށްއީމާންނުވާނީހާގެއީމާންކަން ފުރިހަމައެއްނުވާނެއެވެ. އަދި ކިއެއްތޯއެވެ އެމީހާއަކީ އެއީއީމާންނުވާމީހެއްފަދަ މީހެކެވެ.އެކަލާނގެއަށ ްއެކަލާނގެ އަމިއްލަފުޅަށ ްދެއްވާފައިވާނަންތައ ްސާބިތުކުރުން ވާޖިބުވެގެންވެއެވެ.ހަމަ އެގޮތަށް އެކަލާނގެ އަށް ސަލާމާއ ިސަލަވާތްލެއްވިމާތް ރަސޫލާ ސާބިތު ކުރައްވާ ފައިވާ އިސްމު ފުޅުތަކާއި ސިފަފުޅުތައް މާތްﷲއަށް ސާބިތުކުރަންވާނެއެވެ. އެއީ އެ ނަން ފުޅުތަކަށާއި ސިފަފުޅުތަކަށް އެއްވެސް ބަދަލުގެނައުމަކާއި ނުލައެވެ. އަދި އޭގެ އަސްލުމާނަ ނަގާލުމާއި އެކީގައިވެސް ނޫންމެއެވެ.ހަމައެގޮތަށް އެސިފަ ތަކަކީ ޙަޤީޤަތެއް ނެތްސިފަތަކަކަށްހެދުމަކާއި ނުލައެވެ.

ﷲ އީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއަށްއެއްވެސްބައި ވެރި އަކުނުވެއެވެ. އެކަލާނގެ ވަނީ ހަތް އުޑު މަތީގައި އަރުޝީގެ މަތީގައި އިސްތަވާވެ ވޮޑިގެންނެވެ. ޝައްކެއްނެތެވެ. ﷲ ސުބުޙާނަހޫވަތަޢާލާ ވަނީ އެ ކަލާނގެ ޒާތުފުޅާއިގެން ޢަރުޝުގެމަތީވޮޑި ގެންނެވެ. މިއީ އަހުލުުސުންނަތް ވަލް ޖަމާޢަތުގެ ޢަޤީދާ އެވެ. މާތް ﷲ ވަޙީކުރައްވަނީ: ﴿الرَّحْمَنُ عَلَى الْعَرْشِ اسْتَوَى ﴾. ސޫރަތު ޠާހާގެ 5 ވަނަ އާޔަތް-

މާނައީ: “ﷲ ސުބުޙާނަހޫވަތަޢާލާ ވަނީ ޢަރުޝީގައި އިސްތަވާވެވޮޑި

ގެންނެވެ”.

download

އިންސާނާ ދުނިޔެއަށް ފޮނުއްވި މަޤްޞަދު

ދުނިޔޭގައިވާ އެންމެހައި ތަކެއްޗެއް ﷲ ހެއްދެވީ އިންސާނުންނަށްޓަކައެވެ. އެކަން ބަޔާންކުރައްވައި އެއިލާހް ވަޙީކުރައްވާފައިވަނީ: {هُوَ الَّذِي خَلَقَ لَكُم مَّا فِي الأَرْضِ جميعا}البقرة:29

މާނައީ:” އެކަލާނގެއީ ތިޔަބައިމީހުންނަށްޓަކައި ދުނިޔޭގައިވާ އެންމެހައި ތަކެއްޗެއް އުފެއްދެވި އިލާހެވެ”. އޭގެ ބަދަލުގައި އެކަލާނގެ އެއިންސާނާގެ ފަރާތުން އެދެނީ އެއްމެ ކަމެކެވެ. އެއީ އެއިލާހަށް ޚާލިޞްކޮށް އެއްކައުވަންތަ ކުރާޙާލު އެއިލާހަށް އަޅުކަން ކުރުމަށެވެ. އެއިލާހުގެ ރުބޫބިއްޔަތް ވަންތަކަމުގައްޔާޢި އެއިލާހުގެ އުލޫހިއްޔަތް ވަންތަކަމުގައްޔާއި އެއިލާހުގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެއްކައުވަންތަ ކުރުމަށެވެ

download

Follow

Get every new post delivered to your Inbox.