ޒަކާތުގެ ފައިސާއިން މިސްކިތް ބިނާކުރުމުގެ ހުކުމް

ޒަކާތުގެ ފައިސާއިން މިސްކިތް ބިނާކުރުމުގެ ހުކުމް!

ސައުދީ އަރަބިއްޔާގެ ކުރީގެ މުފްތީ އިމާމް އަބްދުލް އަޒީޒް ބިން އަބްދުﷲ ބިން ބާޒް ރަހިމަހުﷲ ވިދާޅުވިއެވެ.

” އިލްމުވެރިންގެ ގާތުގައި މަޝްހޫރުވެފައިވަނީ، އަދި ޖުމްހޫރުންގެ ޤައުލަކީ، އަދި އެހެންމެ ސަލަފުއް ސޯލިހުންގެ އިޖްމާޢު އަކީ ޒަކާތުގެ ފައިސާ މިސްކިތް ބިނާ ކުރުމަށާއި، ފޮތްތައް ގަތުމަށާއި، އަދި މިފަދަކަންތަކަށް ބޭނުންނުކުރެވޭނެކަމެވެ. އެބަހާލެވޭނީ ސުރަތުއް ތައުބާގެ 60 ވަނަ އާޔަތުގައިވާ 8 ބަޔަށް އެކަނިއެވެ. އެބައިތަކަކީ (1) ފަޤީރުންނާއި، (2) މިސްކީނުންނާއި، (3) އެ(ޒަކާތް) ބެހުމުގައި އުޅޭމީހުންނާއި، (4) އެބާއިމީހުންގެ ހިތްތައް އެކުވެރި ކުރައްވާމީހުނާއި (އެބަހީ: އަލަށް އިސްލާމްވިމީހުން) (5) އަޅުން މިނިވަންކުރުމުގައްޔާއި، (6) ދަރަނިވެރިންނާއި، (7) ﷲގެ މަގުގައިޔާއި، އަދި (8) ހާލުގައި ޖެހިފައިވާ ދަތުރުވެރިންނެވެ.

މިތަނުގައި މިވާ “ﷲގެ މަގުގައި” އެބުނެވެނީ ޖިހާދަށް ޚާއްސަކޮށެވެ. މިއީ ޢިލްމުގެ އަހުލުވެރިންގެ ޤައުލެވެ. އަދި މިސްކިތް ބިނާކުރުން، ނޫނީ ސްކޫލްތަކާއި މަގުތައް ހެދުމަށާއި ނޫނީ އެނޫން މިފަދަކަންތައް މިތަނުގައި ނުހިމެނެއެވެ. وبالله التوفيق

(މަޖްމޫއަލް ފަތަވާ (14/294) )

Follow

Get every new post delivered to your Inbox.