އިސްލާމް ދީނުގައި އިންސާނީ ޙައްޤުތައް

އިސްލާމް ދީނުގައި އިންސާނީ ޙައްޤުތައް


އިސްލާމް ދީނުގައި އެންމެހައި މަޚްލޫޤުތަކުންގެ ޙައްޤުތައް ބަރާބަރަށް ހޯދައިދީފައިވެއެވެ. ނަމަވެސް، އަދުގެ ބައެއް މުސްލިމުންނަށްވެސް ހީވެފައިއޮންނަނީ އިންސާނީ ޙައްޤުތައް ހޯދާދޭ އަދި ހޯދާދިން ބަޔަކީ އ.ދ ނުވަތަ އެކުވެރި ދައުލަތްތައްކަމުގައެވެ. މިއީ ވަރަށް ބޮޑު ކުންހީއެކެވެ. އ.ދ ވަނީ އެކަމުގައި ވަރަށް ބޮޑަށް ފެއިލްވެފައެވެ. މިކަމުގެ އަލިގަދަ ހެކިތައް ދުނިޔޭގެ އެކި ދިމަދިމާލުން ވަރަށް ހާމަކަން ބޮޑުގޮތެއްގައި ފެންނަމުން އެބަދެއެވެ. މިއަދު އިންސާނީ ޙައްޤުތައް ހޯދާދިނުމުގައި އަޑުއުފުލާ މީހުންނަކީ އިނގިރޭސިވިލާތުންނާއި ޔޫރަޕްގެ ޤައުމުތަކުން ނުވަތަ ލާދީނީ ބިންތަކުން، ކުފްރުގެ ކަނޑުތަކުން، އިސްލާމްދީނާއި ވަރަށް ގުޅުމެއް ނެތް ޢިލްމު ޙާޞިލުކޮށްފައިވާ ބައެކެވެ. އެމީހުންގެ ބަހާއި ޢަމަލުގައި އިސްލާމީ ކަންފުޅެއްވެސް ނުހުންނާނެއެވެ. އެފަދަ މީހުންނަކީ ނޭނގިތިބެ ޝައިޠާނާއަށް ވާގިވެރިވާ، އިންސާނުން މަގުފުރައްދާ ބައެކެވެ. ދަންނާށެވެ! އިންސާނީ ޙައްޤުތައް ދެވޭނީ ނުވަތަ ލިއްބައިދެވޭނީ އިސްލާމްދީން ރަނގަޅަށް ދަންނަ ބަޔަކަށެވެ. ކީރިތި ޤުރްއާނާއި މޫރިތި ސުންނަތް އެބައެއްގެ ބަހާއި ޢަމަލުން ފެންނަން ހުންނަ ބަޔަކަށެވެ. އެއީ؛ އެއްވެސް ޙާލަތެއްގައި ރައްޔިތުން މަޖްލީހުގެ ތަޅުމުގައި ގިރާލެވޭ މީރު ސަރުބަތުތަށްޓެއް ނޫނެވެ. މަގުމަތީގައި ކޮށްލާ މުޒާހަރާއަކުން ކަރުގައި ލޭރަހަލުމުން ލިބޭ މޭވާއެއްވެސް ނުމެނޫނެވެ. ދީނީގޮތުން އުޑެއް ބުޑެއް ނުދަންނަ ބަޔަކުމީހުންނަށް އިންސާނުންނަށް ކޮށްދެވޭނީ ކޮން ކަމެއްހެއްޔެވެ؟ ޑިމޮކްރަސީ އެނގި، ތިމާގެ ދީން ނޭނގުމުން ދެންއޮތީ ކޮން މޮޅެއް ހެއްޔެވެ؟ ތިމާމެންގެ ބޭރުފުށުން ފަރަންޖީންގެ ސިފަ ހާމަވާ ބައެއްގެ، އެތެރެ ސަލާމަތުން އޮންނާނެ ހެއްޔެވެ؟ ތިމާއަށް ތިމާ ހައްދަވާބޮޑުކުރައްވާ ހުރިހާ ނިޢްމަތްތަކެއްދެއްވާ އެތައް އެތައް ކަންތައްތަކެއް ފުއްދަވާދެއްވާ ރަސްކަލާނގެ ޙައްޤު ނުދެވޭހިނދު، އެފަދަ މީހަކަށް މީސްތަކުންގެ ޙައްޤު ހޯދާދެވޭނެ ހެއްޔެވެ؟ ތިމާ އަންހެނެއްގެ ގޮތުގައިހުރެ، ތިމާގެ ޢައުރައަށް ރައްކައުތެރިނުވެވޭހިނދު، އެފަދަ މީހަކަށް މީސްތަކުންގެ ޙައްޤުތައް ރައްކައުތެރިކޮށްދެވޭނެހެއްޔެވެ؟ ދަންނާށެވެ! ކައްޗަށްއެޅި ބިންގާ ކެއްޗާއި ހަމައަށް ނެގިއަސް އޮންނާނީ ކައްޗަށެވެ. ޞައްޙަ ނަބަވީ ބަސްފުޅަކުން ހާމަވާގޮތުގައި “އިންސާނާގެ ހިތް ރަނގަޅުވެއްޖެނަމަ، އޭނާގެ ބޭރުފުށުގެ ޢަމަލުތައްވެސް ރަނގަޅުވާނެއެވެ.” ވީމާ، އިންސާނުންގެ ޙައްޤުތައް ދިނުމުގައި ވަކާލާތުކޮށް އުޅޭ ސިޔާސީ ޕާރޓީތަކާއި، އަދި އަމިއްލަ ފަރްދުންގެވެސް ފުރަތަމަ ޒިންމާއެއްކަމުގައި ދެކެންވީ ތިމާމެންނަކީ اللهގެ ދީން ދަސްކުރާ، ބަހާއި ޢަމަލުން އެދީނަށް ނަޞްރުދޭ ބަޔަކަށްވުމަށެވެ. އެހިނދުން އެބައިމީހުން ވެގެންދާނީ އިންސާނީ ޙައްޤުތައް ދިނުމުގައި ޤާބިލު ބަޔަކުކަމުގައެވެ. الله تعالى ވަޙީކުރައްވަތެވެ. {إن تنصر الله ينصركم} މާނައީ:”ތިޔަބއިމީހުން اللهއަށް( اللهގެ ދީނަށް) ނަޞްރުދޭށެވެ! އެހިނދުން ތިޔަބައިމީހުންނަށް الله ނަޞްރުދެއްވާނެތެވެ.”

މިލިޔުން އެކީ ކިޔާލުމަށް ކްލިކް ކޮށްލައްވާ

އިސްތަވާގޮޑިގަތުން

މިކުޑަކުޑަ ފޮތުގައި މިބަލައިލަން ގަސްތު ކުރަނީ ﷲގެ ސިފަފުޅުތަކުގެ ތެރެއިން އިސްތަވާވޮޑިގަތުމާއި  ބެހޭގޮތުންނެވެ. ﷲ އަޅުގަނޑުމެން އެންމެން ބިދުޢައިން ސަލާމަތް ކުރައްވާ ދެދުނިޔޭގެ ބާއްޖަވެރިން ކަމުގައި ލައްވާނދޭވެ! އާމީން

މި ފޮތް ޑައުންލޯޑު ކުރެއްވުމަށް ކްލިކް ކޮށްލައްވާ

ޒަކާތުގެ ފައިސާއިން މިސްކިތް ބިނާކުރުމުގެ ހުކުމް

ޒަކާތުގެ ފައިސާއިން މިސްކިތް ބިނާކުރުމުގެ ހުކުމް!

ސައުދީ އަރަބިއްޔާގެ ކުރީގެ މުފްތީ އިމާމް އަބްދުލް އަޒީޒް ބިން އަބްދުﷲ ބިން ބާޒް ރަހިމަހުﷲ ވިދާޅުވިއެވެ.

” އިލްމުވެރިންގެ ގާތުގައި މަޝްހޫރުވެފައިވަނީ، އަދި ޖުމްހޫރުންގެ ޤައުލަކީ، އަދި އެހެންމެ ސަލަފުއް ސޯލިހުންގެ އިޖްމާޢު އަކީ ޒަކާތުގެ ފައިސާ މިސްކިތް ބިނާ ކުރުމަށާއި، ފޮތްތައް ގަތުމަށާއި، އަދި މިފަދަކަންތަކަށް ބޭނުންނުކުރެވޭނެކަމެވެ. އެބަހާލެވޭނީ ސުރަތުއް ތައުބާގެ 60 ވަނަ އާޔަތުގައިވާ 8 ބަޔަށް އެކަނިއެވެ. އެބައިތަކަކީ (1) ފަޤީރުންނާއި، (2) މިސްކީނުންނާއި، (3) އެ(ޒަކާތް) ބެހުމުގައި އުޅޭމީހުންނާއި، (4) އެބާއިމީހުންގެ ހިތްތައް އެކުވެރި ކުރައްވާމީހުނާއި (އެބަހީ: އަލަށް އިސްލާމްވިމީހުން) (5) އަޅުން މިނިވަންކުރުމުގައްޔާއި، (6) ދަރަނިވެރިންނާއި، (7) ﷲގެ މަގުގައިޔާއި، އަދި (8) ހާލުގައި ޖެހިފައިވާ ދަތުރުވެރިންނެވެ.

މިތަނުގައި މިވާ “ﷲގެ މަގުގައި” އެބުނެވެނީ ޖިހާދަށް ޚާއްސަކޮށެވެ. މިއީ ޢިލްމުގެ އަހުލުވެރިންގެ ޤައުލެވެ. އަދި މިސްކިތް ބިނާކުރުން، ނޫނީ ސްކޫލްތަކާއި މަގުތައް ހެދުމަށާއި ނޫނީ އެނޫން މިފަދަކަންތައް މިތަނުގައި ނުހިމެނެއެވެ. وبالله التوفيق

(މަޖްމޫއަލް ފަތަވާ (14/294) )

އިމާމާޔާއި މައުމޫމާ އިޤްތިދާވުން

މި ލިޔުން ލިޔެފައިވަނީ އައްޝައިޚް ޢަބްދުﷲ ސަޢީދުއެވެ. މިލިއުމުން އިންޝާﷲ ، މައުމޫމާ އިމާމާއަށް ކިޔަމަންވުމަކީ ކިހާވަރެއްގެ މުހިއްމުކަމެއްކަން ކިޔުންތެރިންނަށް އެނގިލައްވާނެއެވެ. އަދި ހަމައެހެންމެ، ފަތިސް ނަމާދުގައި ދާއިމީގޮތެއްގައި ޤުނޫތު ކިޔުމުގެ ހުކުމްވެސް އެނގިލައްވާނެއެވެ.

މި ލިޔުން ޑައުންލޯޑް ކުރެއްވުމަށް ކްލިކް ކޮށްލައްވާ

ސުތުރާގެ މުހިންމުކަން

ސުތުރާގެ މުހިންމުކަން…

މި ލިޔުން ލިޔެފައިވަނީ އައްޝައިޚް ޢަބްދުﷲ ސަޢީދުއެވެ. ސުތުރާއަކީ ނަމާދުކުރާމީހާ އޭނާގެ ސަޖިދަޖަހާތަނާއި، އޭނާއާއި ދެމެދު ފާހަގަކުރުމަށް ބަލައިގަންނަށް ނިވަލެކެވެ. މިލިޔުމުން ސުތުރާނެގުމުގެ ހުކުމާއި ސުތުރާ ނަގައިގެން ހުރިމީހެއްގެ ކުރި ކެޑުމަކީ ކިހާވަރެއްގެ ކަމެއްކަން ކިޔުންތެރިންނަށް އިންޝާﷲ އެނގިލައްވާނެއެވެ. މިއީ މިމުޖުތަމައުގައި ގިނަބަޔަކަށް އެހާމުހިއްމުކަމެއް ެ.

މިލިޔުން ޑައުންލޯޑް ކުރެއްވުމަށް އަހްލުލް އާޘާރު ޑޮޓް ނެޓަށް ޒިޔާރަތްކޮށްލައްވާ

ޤުރްއާނާއި ސުންނަތުގެ މީޒާނުގައި ނަމާދު

ޤުރްއާނާއި ސުންނަތުގެ މީޒާނުގައި ނަމާދު

މިފޮތުގައި އަލިއަޅުވާލައިފައިވާ ނުކުތާތަށް

ޤުރްއާނާއި ސުންނަތުގެ މީޒާނުގައި ނަމާދުގެ މުހިންމުކަން
ޤުރްއާނާއި ސުންނަތުގެ މީޒާނުގައި ނަމާދު އެޅުމުގެ ނުރައްކާ
ޤުރްއާނާއި ސުންނަތުގެ މީޒާނުގައި ނަމާދު ކުރާނެގޮތް

މި 112 ސަފްޙާގެ ފޮތް ޑައުންލޯޑުކުރެއްވުމަށް ކްލިކް ކޮށްލައްވާ

އީދު ދުވަހު އިހްޔާ ކުރަންވީ ސުންނަތެއް

عن أبي سعيد الخدري قال: ” كان رسول الله -صلى الله عليه وسلم- لا يُصلّي قبل العيد شيئا، فإذا رجع إلى منزله صَلّى ركعتين “.

الحديث أخرجه ابن ماجه وأحمد وابن خزيمة والحاكم والسيوطي.
و صححه الحاكم ووافقه الذهبي، وحسنه ابن حجر والألباني -رحمهم الله وغفر لهم-
قال الحاكم : هذه سنة عزيزة

أَبِى سَعِيدٍ الْخُدْرِىِّ – رضى الله عنه ރިވާކުރެއްވިއެވެ. ރަސޫލާ صلى الله عليه وسلم އީދް (ނަމާދުގެ) ކުރިން ނަމާދެއް ނުކުރައްވައެވެ. އަދި ގެއަށް އެބުރި ވަޑައިގެން 2 ރަކުއަތުގެ ނަމާދެއް ކުރައްވައެވެ. (އިބްން މާޖާ، އަހްމަދް، އިބްން ޚުޒައިމާ) ر

އަލް ހާފިޒް އަދި އަލްބާނީ މިއީ ހަސަން ހަދީޘެއް ކަމަށް ވިދާޅުވިއެވެ

އަލް ހާކިމް ވިދަޅުވިއެވެ. “މިއީ އަގުހުރި ސުންނަތެކެވެ” اه

ޙައިޟުގައިވާ އަންހެނާ ކީރިތި ޤުރްއާން ކިޔެވުމުގެ ޙުކްމަކީ ކޮބާ؟

ޢިލްމީ ޤުލްޒާރުން

ހިދާޔަތުގެ މަގު

-21-

މި އަދަދުގައި ވަނީ

އިޢްތިކާފްކުރުން،

ޙައިޟުގައިވާ އަންހެނާ ކީރިތި ޤުރްއާން ކިޔެވުމުގެ ޙުކްމަކީ ކޮބާ؟

އަންހެނެއްގެ ގައިގައި ބީހުމުން ވުޟޫ ގެއްލޭނެބާ؟

މި މަޖައްލާ ޑައުންލޯޑުކުރެއްވުމަށް ކްލިކް ކޮށްލައްވާ

>> > އަދި އިލްމީ ޤުލްޒާރުން ހިދާޔަތުގެމަގުގެ އެހެން އަދަދުތަށް ކިޔުއްވުމަށް ކްލިކްކޮށްލައްވާ

ވެރީންނަށް ކިޔަމަންވުން

ވެރީންނަށް ކިޔަމަންވުން

” ޝައިޚް އަލްބާނީޞައްޙަކޮށްފައިވާ،އިމާމް އިބްނި އަބީ ޢާޞިމްގެ އައް ސުންނާގެ 1096ވަނަ ޙަދީޘްގައިސަލާމާއިޞަލަވާތް ލެއްވި މާތް ރަސޫލާޙަދީޘްފުޅުކުރައްވަނީ: من أراد أن ينصح لذي سلطان فلا يبده علانية ولكن يأخذ بيده فيخلوا به فإن قبل منه فذاك وإلا كان قد أدى الذي عليه” މާނައަކީ:”ބާރުލިބިފައިވާ ވެރިއަކަށް ނަޞޭޙަތް ދޭން ބޭނުންނަމަ ފާޅުގައި އެކަން ނުކުރާހުށިކަމެވެ،އެހެން ނަމަވެސް އޭނާގެ އަތުގައި ހިފައިގެން އެކަހެރިވެނަޞޭޙަތްދޭހުށިކަމެވެ،ދެންއެވެރިޔާޤަބޫލުކޮށްފިނަމަމަޤްޞަދުޙާޞިލްވީއެވެ،ނޫންނަމައެމީހެއްގެވާޖިބުއަދާވީއެވެ”.ދެންއޭނާ ތިމަންދިންނަޞޭޙަތްއަޑުނެއެހިޔޭކިޔައިއޭނާ ފަޟީޙަތް ކުރާކަށް ނައަން ގަވައެވެ.   “

މިފޮތް ޑައުންލޯޑު ކުރެއްވުމަށް ކްލިކްކޮށްލައްވާ

ޗެޓް ކުރުމަށް ބޭނުންކުރާ “އިމޯޓިކަން” ގެ ހުކުމް

ޗެޓް ކުރުމަށް ބޭނުންކުރާ “އިމޯޓިކަން” ގެ ހުކުމް

الشيخ زيد بن هادي المَدخلي حفظه الله

ޝައިޚް ޒައިދް ބިން ހާދީ އަލްމަދްޚަލީ

السؤال

ما حكم الصور التي فيها روح في الكمبيوتر وتُرْسَلُ بين الإخوة المتحادثين … تعبيرًا عما يريدون قوله فالرجل المبتسم علامة للرضا, وصورة الرجل الغاضب في حالة الزعل ؟

ސުވާލު

ފުރާނަލެއްވި ތަކެތީގެ ސޫރަ”ޗެޓް” ކުރާއިރު އަދި ކޮންޕިއުޓަރުގައި ބޭނުންކުރުމުގެ ހުކުމަކީކޮބާ؟ އެއީ މިސާލަކަށް ރުޅިއައުމުން ރުޅިވެރިކަން ރަމްޒުކޮށްދެއްވުމަށް ފޮނުވާ “އިމޯޓިކަންސް” ނޫނީ ހިތާމަވެރިކަން ރަމްޒުކޮށްދެއްވުމަށް ފޮނުވާ “އީމޯޓިކަންސް” އެވެ؟

جواب

هذه المصطلحات ليس لها أصل في الشرع ولا حاجة إلى الصور المجسمة إلا في الضرورة, وهذا ليس من الضرورة؛ هذه المصطلحات ليس لها أصل … بل إن كان لبعضهم على بعض حاجة فعليه أن يكلمه بالوسيلة, أما العلامات علامات الرضا وعلامة السخط فهذه ليست من منهج أهل السنة والجماعة.

ޖަވާބު

މި ރަމްޒުތަކަކީ ޝަރީއްޔަތުގައި އޭގެއެއްވެސް އަސްލެއް ނުވާ އެއްޗިސެވެ. އަދި ސޫރަ ބޭނުންކުރެވޭ ޙާޖަތަކީ ހަމައެކަނި ޟަރޫރީ ބޭނުމެއްގައެވެ. މިއީ ޟަރޫރީ ބޭނުމެއްނޫނެވެ. މިއީ އެއްވެސް އަސްލެއްނުވާ އެއްޗިހި… ދެން ހާޖަތެއް ޖެހިއްޖެއްޔާ އަނެކަކާޔާ ވާހަކަ ދެއްކުމަށް ވަސީލަތެއް ބޭނުންކުރެވިދާނެއެވެ. އެކަމަކު އުފާވެރިކަމުގެ މި އިމޯޓިކަން އާއި މި ރުޅިވެރިކަމުގެ އިމޯޓިކަން، މިއީ އަހްލުސުނަތް ވަލް ޖަމާއަތުގެ މަންހަޖެއްނޫނެވެ! އާދެ!

މި ފަތަވާގެ ދިވެހި ތަރުޖަމާޔާ އަދި އޭގެ އަސްލުއަޑުއެއްސެވުމަށް ކްލިކްކޮށްލައްވާ

Follow

Get every new post delivered to your Inbox.