ޢިލްމީ ޤުލްޒާރުން ހިދާޔަތުގެ މަގު -32-

ޢިލްމީ ޤުލްޒާރުން

ހިދާޔަތުގެ މަގު

32

20 މުޙައްރަމް 1431

އިސްލާމްދީނުގައި މުދަލުގެ ޒަކާތާއި

އަދި

އޭގެ ޙިކްމަތް.

މި މަޖައްލާ ޑައުންލޯޑު ކުރެއްވުމަށް ކްލިކް ކޮށްލައްވާ

އިސްތިހާރު

އިލްމީ ޤުލްޒާރުން ހިދާޔަތުގެ މަގުގެ 28 ވަނަ އަދަދު

ޢިލްމީ ޤުލްޒާރުން

ހިދާޔަތުގެ މަގު

28

ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނޭވެ!

“ހިދާޔަތުގެ މަގު”ގެ 28ވަނަ ލިޔުމުގައި ކިޔުންތެރީންނަށް އަޅުގަނޑު މިހަދިޔާކުރަނީ ވަރަށް މުހިންމު، ޒަމާނާގުޅޭ މަޢްލޫމާތުކޮޅެކެވެ. މިއީ، އިސްލާމީ މުޖްތަމަޢްތަކުގައި މިއަދު ވަރަށް ބޮޑު ބައްޔަކަށް ނުވަތަ ވަބާއަކަށްވެފައިވާކަމެކެވެ. މިބަލީގެ ޙަޤީޤީ ސަބަބަކީ އަޅުގަނޑުމެން އިސްލާމްދީނުގެ ޢިލްމު، އެޢިލްމު ނަގަންވީ ބޭބޭފުޅުންގެ ކިބައިން ނުނެގުމެވެ. ނުބައިކަމުގެ، ނުވަތަ ނުބައިބަޔެއްގެ ދަލުގައިޖެހި، ޙައްޤު ބާޠިލަށްވެގެންދިޔުމެވެ. ވީމާ، އަންނަނިވި ލިޔުމުން އޭގެ ފޮނިކަން ހިއްޕަވާށެވެ! މިއީ -الله تعالىގެ ރަޙްމަތާއެކު-ޙަޤީޤީ ޢިލްމުގެ ބަގީޗާއަކުން އެއްކޮށްލެވިފައިވާ އޮށްޓަރުހުރި، އެތަކެއް ފައިދާއެއް އެކުލެވޭ، ޖާހިލުކަމުގެ ބަލިތަކަށް އޮތް ޝިފާއެކެވެ. ވީމާ، الله تعالىއަށް ބިރުވެތިވެ މި ޤުލްޒާރުގެ ޢިލްމު ހިއްޕަވާށެވެ! “ހިދާޔަތުގެ މަގު” ޚިޔާރުކުރައްވާށެވެ! މިއީ މުސްލިމުންނަށް ނުހަނު ހެޔޮއެދިގެން ހުޅުވާލެވިފައިވާ ޢިލްމީ ޤުލްޒާރެކެވެ.

 

މި މަޖައްލާ ޑައުންލޯޑުކުރެއްވުމަށް ކްލިކް ކޮށްލައްވާ

>> > އަދި އިލްމީ ޤުލްޒާރުން ހިދާޔަތުގެމަގުގެ އެހެން އަދަދުތަށް ކިޔުއްވުމަށް ކްލިކްކޮށްލައްވާ

Ahlul-athar.net condemns the acts of terrorism and extremism!

Ahlul-athar.net expresses their utter disgust at any acts of extremism and terrorism committed by the Khawaarij and the likes, those that of Al-Qaedah and their ilk. Such unjustified outbursts of wanton violence are against Islam and Islam does not ever justify kidnappings, suicide bombings and other acts of terrorism . It is rather disheartening that some of the Maldvian youth are getting deluded into believing that these acts are Jihaad and from Islaam.We call the youth to return back to the original state of affairs, and to know that knowledge precedes action, and it is not the other way around!

We call those who are known as “Dots” and their ilk to not be beguiled by the beautified speech of simpeltons who have no knowledge of this beautiful Deen, and who are misguided and far astray from the Creed of the righeous salaf. And the recent video footage of the pseudo “Mujaahid” Ali Jaleel, then we say he has lot to learn of this beautiful Deen. It is not for him to call the scholars to go to him, but it is for him and his likes to go to the scholars themselves! It is a shame that this man does not know the great priniciple of Islaam, that knowledge precedes statements and actions!

And in this regard we also call the so called Liberalists and Modernists to not judge Islaam with the acts of the Khawaarij! Rather it is upon you too to return back to the original of affairs! And we say, do not accuse us of your own iniquities!

We, the Ahlus-Sunnah, the Salafis, the Ahlul-Athar, are free from the extremist and terrorist acts of America, the Jewish State and also those of Al-Qaeda and their ilk! We are clear from them and they are clear from us!

We also refer readers to the following websites, which has the writings of our scholars and our students of knowledge who clearly and totally refutes vigilante behaviour enacted by individuals and also who unequivocally denounce extremism, terrorism and violence:

Click here for  –> The Salafee Position on Terrorism, Suicide Bombings and Hijackings

Click here for  –> The Correct Islamic Position on Terrorism and Suicide Bombings

Click here for  –> The Wahhabi Myth – Dispelling Prevalent Fallacies and the Fictitious Link with Bin Laden

Click here for  –> Sacred Freedom: Western Liberalist Ideologies In The Light Of Islam
Useful Website in English  –> http://www.islamAgainstExtremism.com

Useful Website in English  –> http://www.Answering-Extremism.com

ހައްޖު މަހުގެ 10 ދުވަސް

ވެހޭތާ ފެންނަންގަވާށެވެ

ވަގުތު ފާއިތުވުމުގެކުރީން، އޭގެ އެންމެ އެދެވޭ ބޭނުންހިއްޕަވާށެވެ

ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! الله تعالى އަޅުގަނޑުމެން، އެންމެހައި އިންސާނުންނާއި އަދި ޖިންނީން ހައްދަވާފައިވަނީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އައްޛާރިޔާތު ސޫރަތުގެ 56ވަނަ އާޔަތުގެ މާނައިގައިވެއެވެ.”ތިމަން الله، ތިމަން اللهއަށް އަޅުކަންކުރުމަށްމެނުވީ އިންސާނުންނާއި އަދި ޖިންނީން ނުހައްދަވަމުއެވެ.” މިއަޅުކަން ޤަބޫލުކުރެއްވުމުގައި، އެކަލާނގެވަނީ 2 ޝަރްޠެއްވެސް ލައްވަވާފައެވެ. ފުރަތަމަ ޝަރްޠަކީ: الله تعالىއަށް އަޅުކަން ޚާލިޞްކުރުމެވެ. އެހެން އެއްވެސް ފަރާތަކަށް، ތިބާ ކުރާ އަޅުކަމަކުން ކުޑަވެސް މިންވަރެއް ނުދިނުމެވެ. އެބަހީ؛ އަޅުކަންކުރުމުގައި އެކަލާނގެއާއެކު އެއްވެސް ބައިވެރިޔަކު، ޝަރީކަކު، ބައިވެރިނުކުރުމެވެ. މިހެނީ؛ އަންނިސާއު ސޫރަތުގެ 116ވަނަ އާޔަތުން ހާމަވާގޮތުގައި، الله تعالىއަށް އަޅުކަންކުރުމުގައި ޝިރްކުކުރާމީހާއަށް އެކަލާނގެ އެފާފަ ނުފުއްސަވާހުއްޓެވެ. ވީއިރު، އެފަދަ މީހެއްގެ ނިމުން އޮންނާނީ ގަދަފަދަ ޢަޛާބުލިބެނިވި ނަރަކައަށެވެ. އަޅުކަން ޤަބޫލުކުރެއްވުމުގައި އޮންނަ، ދެވަނަ ޝަރްޠަކީ: الله تعالىގެ ރަސޫލާ-صلى الله عليه وسلم- އަޅުގަނޑުމެންނަށް އަޅުކަންތައް ކުރައްވަން ދެއްކެވި ބީދައިން އެއަޅުކަންތައް އަދާކުރުމެވެ. މި 2 ޝަރްޠަކީ؛ އަލްކަހްފު ސޫރަތުގެ އެންމެފަހު އާޔަތުން(110ވަނަ އާޔަތުން) ޢިލްމުވެރީން ނަންގަވާފައިވާ 2 ޝަރްޠެވެ. މި 2 ޝަރްޠުގައި އެކުލެވިގެންވަނީ ޝަހާދަތުގެ 2 ކަލިމަ ޤަބޫލުކޮށް، އެއަށް ފުރިހަމައަށް ބޯލަނބައި، ކިޔަމަންތެރިވުމެވެ. ތިބާ الله تعالىގެ ޙަޤީޤީ އަޅަކުކަމުގައިވުމެވެ

މި ލިޔުން އިތުރަށް ކިޔުއްވުމަށް އަހްލުލް އާޘާރު . ކޮމް އަށް ޒިޔާރަތްކޮށްލައްވާ.

އިސްލާމްދީނުގައި ޓައިއެޅުމުގެ ޙުކްމް

އިސްލާމްދީނުގައި ޓައިއެޅުމުގެ ޙުކްމް

މިޤަރުނުގެ ޙަދީޘް ޢިލްމުވެރިޔާ (އަލްޢައްލާމާ އައްޝައިޚު އަލްއަލްބާނީ-رحمه الله-)ގެ ފަތުވާ:-

“މިއަދު (މުސްލިމުންނަށް) ކާފަރުންނާއި އެއްވަތަރުވުން ވެފައިވަނީ ވަރަށް ފަސޭހަ ކަމަކަށެވެ. އަޅުގަނޑު މިކަމުގެ މިސާލެއް ޖަހާލާނަމެވެ. މިސާލަކަށް ބޮލުގައި އަޅާ ތޮތްޕެވެ. އެއަށްފަހު، ތިރިއަށްޖެހިލަމާ ހިންގަވާށެވެ. ދެން، ނިކަން ދެކިލައްވާށެވެ! މިއަޅާއުޅޭ ޓައިއެޅުމުގެ މަޤުޞަދަކީ ކޮބާބާވައެވެ؟ އެއްވެސް ބޭނުމެއް އެކުލެވޭ އެއްޗެއް ނޫނެވެ. އޮތްހާވެސްކަމަކީ؛ އެއީ ކާފަރުން މުސްލިމުންގެ ބިންތައް އިސްތިޢުމާރުކުރި ދުވަސްވަރު އެ ރަށްތަކަށް ގެނަސްދިން އެމީހުންގެ ގޮތެކެވެ. ދެން ފަހެ، ޝައިޠާނާ މުސްލިމުންނަށް އެ(ޓައި) ރީތި އެއްޗެއްގެ ގޮތުގައި ދެއްކިހިނދު، މުސްލިމުން ކާފަރުންނާއި އެއްވައްތަރުވެ، އެ މީހުންގެ އެ ގޮތް(ޓައިއެޅުން) ކޮޕީކުރިއެވެ. އެ ޓައި އެޅުމުގައި މުސްލިމުމީހާ ލޯގނޑުގެ ކުރިމަތީ ހުއްޓިހުރެ، ޒީނަތްތެރިވުމުގެ ގޮތުން އެތައް މިނަޓެއް ހޭދަކުރާކަމީ މިކަމުގެ(ޓައިއެޅުމުގެ) ބޭކާރުކަން ދައްކުވައިދޭ ކަމެކެވެ. ޚުލާޞާއެއްގެ ގޮތުން ދަންނަވާލާނީ: މި ކަމުގައި (ޓައިއެޅުމުގައި) ކާފަރުންނާއި އެއްވަތަރުވުން ފިޔަވައި އެހެން އެއްވެސް ކަމެއްނެތެވެ.”

އަދި އިތުރަށް އަލްޢައްލާމާ އައްޝައިޚު ޞާލިޙުލްފައުޒާން-حفظه الله އަދި އަލްޢައްލާމާ އައްޝައިޚުލްމުޙައްދިޘު ޢަބްދުލްމުޙްސިން އަލްޢައްބާދު-حفظه الله ގެ ފަތަވާ ކިޔުއްވުމަށް ކްލިކް ކޮށްލައްވާ

ހައްޖު ކުރާނެގޮތުގެ ލުއި ފޮތް

މި މަދު ގަނޑުކޮޅަކީ އަޅުގަނޑުގެ ލޮބުވެތި ބައެއް މިތުރުންގެ އެދުމަށް ވެދުންކުރުމުގެ މާތް މަޤްޞަދުގައި، ތަރުޖަމާކުރެވުނު އަގު ބޮޑު ޚަޒާނާއެކެވެ. ސަބަބަކީ؛ މިފޮތުގެ އަޞްލެއްކަމުގައި އަޅުގަނޑުގެ ޚިޔާރުގެ ނަޒަރު ހުއްޓުނީ އެޤަރުނެއްގައި އުފެދުނު އެންމެ ޢިލްމީ ދެބޭފުޅުންކަމުގައިވާ فضيلة الشيخ العلامة عبدالعزيز بن عبدالله بن بازއަދި فضيلة الشيخ المحدّث محمد ناصرالدين الألباني -رحمهما الله-ގެ ފޮތުން ލިޔެވިފައިވާ اَلْحَجُّ الْمُصَوَّرُ މިނަން ދެވިފައިވާ ފޮތަށެވެ. އަޅުގަނޑު ދިވެހިބަހަށް މިފޮތް ގެނައުމުގައި ބޮޑަށް އިސްކަންދިނީ ލުއިފަސޭހައިން ވިސްނޭފަދަ ޢިބާރާތްތަކެއް ބޭނުންކުރުމަށެވެ. ކިޔުންތެރިޔާ ވީހާވެސް ޚުލާޞާ މަދު ބަސްތަކަކުން މަޤްޞަދަށް ފޯރުކުރުވުމަށެވެ. މިތަރުޖަމާގައި (*) މިފަދަ މަލެއް ޖެހުމަށްފަހު ލިޔެފައިވާ ޢިބާރާތްތަކަކީ އިތުރު ތަފްޞީލުތަކެވެ. ދުޢާއަކީ، އަޅުގަނޑުގެ މިކުޑަކުޑަ ޢަމަލަކީ الله تعالىއަށް ޚާލިޞް ޢަމަލަކަށްވުމެވެ. މިޢަމަލުގައި ބަރަކާތްލައްވައި، އަދި މަޤްބޫލު ޢަމަލެއްކަމުގައިލައްވައި، ވީހާވެސް ގިނަ ބަޔަކަށް މިފޮތަކީ ފައިދާދެނިވި ފޮތަކަށްވުމެވެ.

إنّه على كل شيء قدير، فنعم المولى ونعم النّصير

والحمد لله العزيز الكبير

كتبه: الملحّ إلى رحمة ربّه

މި ފޮތް ޑައުންލޯޑު ކުރެއްވުމަށް ކްލިކް ކޮށްލައްވާ


ައަންހެނާއާއި، އަދި އެކަމަނާއާ ގުޅުންހުރި ބައެއް ޙުކްމުތައް

ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނޭވެ

“ހިދާޔަތުގެ މަގު”ގެ 23-24ވަނަ ލިޔުމުގައި ކިޔުންތެރީންނަށް އަޅުގަނޑު މި ހަދިޔާކުރާ ޢިލްމީ މޭވާކޮޅަކީވެސް، އޭގެ އަގު ތިޔަބޭފުޅުން ވަޒަންކުރާނެ މޭވާކޮޅެއްކަމުގައި އަޅުގަނޑު ޔަޤީންކުރަމެވެ. “ހިދާޔަތުގެ މަގު”ގެ އަހްލުވެރީންނަށް، އަދި އެމަގަށް ލޯބިކުރައްވާ ބޭފުޅުންގެ ދީނީ ޢިލްމުގެ، ދީނީ މަޢްލޫމާތުގެ ޚަޒާނާއަށް އިތުރު ފުރިހަމަކަމެއް މީގެ ސަބަބުން ލިބިގެންދާނެކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ. އެ މަގު ވީހާވެސް ބޮޑަށް ތިޔަބޭފުޅުންނަށް ތަނަވަސްވުމަކީ، އަޅުގަނޑުގެ އެންމެ މާތް އެއް މަޤްޞަދެވެ. މި މަޢްލޫމާތުތައް ނެގުމުގައި އަޅުގަނޑު އަޞްލެއްގެގޮތުގައި ބޭނުންކުރި ފޮތްތަކުގެ ނަންތައް، މަޢްލޫމާތުގެ ތިރީގައި، ބަޔާންކޮށްލާފައިވާނެއެވެ. މިއީ އަޅުގަނޑުގެ ޚިޔާލެއް ފިކްރެއްނޫނެވެ. މިއީ ރައްބާނީ ޢިލްމުވެރީންގެ ފަތުވާއެވެ. އެބޭބޭފުޅުންގެ ޢިލްމެވެ. ކީރިތި ޤުރްއާނާއި އަދި މޫރިތި ސުންނަތުގެ އަލީގައެވެ.

ވީމާ، الله تعالىއަށް ބިރުވެތިވެ މި ޤުލްޒާރުގެ ޢިލްމު ހިއްޕަވާށެވެ! “ހިދާޔަތުގެ މަގު” ޚިޔާރުކުރައްވާށެވެ! އެމަގުގައި ފައިތިލަތައް ޘާބިތުކުރައްވާށެވެ!

ދުޢާއަކީ الله تعالى މި ރައްބާނީ ޢިލްމުވެރީންގެ ޢިލްމުން ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް މަންފާކުރައްވައި، ތިޔަބޭފުޅުންނަށް “ހިދާޔަތުގެ މަގު” އަބަދުވެސް ތަނަވަސްކޮށްދެއްވުމެވެ! އެމަގު ޚިޔާރުކޮށް، އެމަގުގައި ހިނގުމުގެ ހެޔޮ ތައުފީޤުދެއްވުމެވެ! އާމީން!!! އަދި އަޅުގަނޑުގެ އެދުމަކީ؛ الله تعالى އަޅުގަނޑުމެންގެ ހެޔޮ ހުވަފެންތަކުގައި ފުރިހަމަ ކުލަޖައްސެވުމެވެ! އަޅުގަނޑުމެންގެ މި “ޢިލްމީ ޤުލްޒާރު” އޭގެ ތާޒާކަންމަތީ، އެންމެ ފައްކާކަންމަތީ، އަބަދުމެ އަބަދަށް ދަމަހައްޓަވައި، އޭގެ ފައިދާއިން މަރުވެފައިވާ ހިތްތައް ދިރުއްވައި، ދިރުން އެކުލެވޭ ހިތްތަކަށް އިތުރު ހަކަތަ އިތުރުކުރެއްވުމެވެ! އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ މި އިސްލާމީ އުއްމަތަށް ހިދާޔަތުގެ މަގު ޚިޔާރުކުރުމުގެ ހެޔޮ ވިސްނުމާއި ފުރިހަމަ ތަވްފީޤު ދެއްވުމެވެ! ދެ ދުނިޔޭގެ ބާއްޖަވެރިކަން މިންވަރުކުރައްވައި،  އަބާއްޖަވެރިކަމުގެ މަގުތަކުން އަޅުގަނޑުމެން ސަލާމަތްކުރެއްވުމެވެ!

އާމީން!!!

وصلى الله وسلم على أفضل البشر

ولله الحمد والشكر

މިއީ އިލްމީ ޤުލްޒާރުން ހިދާޔަތުގެމަގުގެ 23 އަދި 24 ވަނަ އަދަދުން ނަގާފައިވާ ލިޔުންކޮޅަކީމުއޭ، މި މަޖައްލާ ޑައުންލޯޑު ކުރެއްވުމަށް ކްލިކް ކޮށްލައްވާ