Refutations on Jamiyyathu Salaf
Under Construction
فإن آمنوا بمثل ما آمنتم به فقد اهتدوا وإن تولوا فإنما هم في شقاق
އިމާމް މުޙައްމަދު ބިން ސާލިޙުލް ޢުޘައިމީން :އަޘަރުތަކަށް ތަބަޢަވާމީހުންނަކީ ކޮބައިތޯއެވެ؟ އެއީ އާޘާރަށް ތަބަޢަވިމީހުންނެވެ، ކީރިތި ޤުރުއާނާއި ސުންނަތަށާއި އަދި ސަޙާބީންގެ ބަސްތަކަށް ތަބަޢަވީމީހުންނެވެ، މިނަމެއް ސަލަފުންގެ މަގަށް އިލްތިޒާމްވެގެންތިބި ސަލަފީން ފިޔަވައި އެހެންއެއްވެސް ބަޔަކަށް ނުކިޔޭނެއެވެ
ޝެއިޚުލް އިސްލާމް ވިދާޅުވެފައިވެއެވެ: "فكل من أعرض عن الطريقة السلفية النبوية الشرعية الإلهية فإنه لا بد أن يضل ويتناقض ويبقى في الجهل ...". މާނައީ: ސަލަފީ ނަބަވީ ޝަރުޢީ އަދި އިލާހީ މަގަށް ފުރަގަސްދީފި ކޮންމެ މީހަކު މަގުފުރެދިގެންގޮސް ހަމަނުޖެހި، ޖާހިލުކަމުގައި ވާނެކަން ކަށަވަރެވެ".
( ޝެއިޚުލް އިސްލާމް އިބްނި ތެއިމިޔާ، ދަރްއު ތަޢާރުޟިލް ޢަޤްލި ވައްނަޤްލި، 5/356
ޝައިޚުލް އިސްލާމް އިބްނި ތައިމިޔާ މަޖްމޫޢުލް ފަތާވާގެ 4ވަނަ މުޖައްލަދުގެ 149ވަނަ ސަފްޙާގައި ލިއުއްވާފައިވެއެވެ:"ސަލަފުންގެ މަޒްހަބުފާޅުކޮށް އެއަށް ނިސްބަތްވެ އެކަމަށްރުހި ހިތްހަމަޖެހޭ (ފަޚްރުވެރިވާމީހާ) މީހަކަށް އެއްވެސް މަލާމާތެއްނެތެވެ. އަދި ކިއެއްހެއްޔެވެ. އެންމެހައި ޢިލްމުވެރީންގެ އިއްތިފާގުން ކޮންމެމީހަކަށްވެސް އެކަން އެމީހެއްގެ ކިބައިން ޤަބޫލްކުރަން ވާޖިބުވާނެއެވެ. އެހެނީ ސަލަފުންގެ ގޮތަކީ އެއީ ޙައްޤުގޮތްކަމުގައި ނޫނީ ނުވާނެއެވެ".
وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا}النساء115 މާނައީ:"ތެދުމަގު ފާޅުކޮށް ބަޔާންވުމަށްފަހު ރަސޫލާއަށް އުރެދި މުއުމިނުންގެ މަގުނޫން އެހެންމަގަކަށް(ގޮތަކަށް) ތަބަޢަވެއްޖެ މީހާދަންނާށެވެ. ފަހެ އޭނާއެދޭގޮތަކަށް މަގުދައްކަވާހުށީމުއެވެ. އެއަށްފަހު އޭނާ ޖަހަންނަމައަށް ވާޞިލް ކުރައްވާހުށީމުއެވެ. ފަހެއެނބުރިދިއުމަށްޓަކައި އެއީނުބައި ވެގެންވާ ތަނެކެވެ."
އިމާމް އައްޒަހަބީ ސިޔަރް އަޢްލާމުއް ނުބަލާގެ 21ވަނަ މުޖައްލަދުގެ 6ވަނަ ސަފްޙާގައި ސަލަފީންގެ ތަޢުރީފުކުރައްވަމުންވިދާޅުވެފައިވެއެވެ:" ސަލަފީއަކީ ސަލަފުންގެ މަގުގައިއުޅޭމީހާއެވެ".