” نور الفرقان “ފުރުޤާންގެ ނޫރު

شيخ محمد العنجري

ޝައިޙް އަބޫ އުޘްމާން މުހައްމަދު އަލް އަންޖަރީ

ޞަލަވާތާއި ސަލާމްލެއްވި ނަބިއްޔާ އާއި އެކަލޭގެފާނުގެ އަސްޙާބުންގެ ދަޢުވަތު ނުވަތަ ގޮވާލުން ބިނާވެފައި އޮތީ އަލް ފުރްޤާންގެ މައްޗަށެވެ.

ޥަޙީ ކުރައްވަނީ: تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَى عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا

ޢާލަމްތަކަށް އިންޒާރު ކުރައްވާ ބޭކަލަކު ކަމުގައި ވުމައްޓަކައި އެކަލާނގެ އަޅާއަށް، ފުރުޤާން( ޙައްޤާއި ބާޡިލް ވަކިކުރަނިވި ފަރަޤު) ބާވާލެއްވ ކަލާނގެ މަތިވެރިކަން ބޮޑެވެ.”

އަލްފުރުޤާނަކީ ކީރިތި ޤުރުޢާންގެ ނަން ތަކުގެ ތެރެއިން ނަމެކެވެ. އަލް މުފައްރިޤު އަދި އަލް ފާރިޤުއަކީ ކީރިތި ނަބިއްޔާގެ ނަން ތަކުގެތެރެއިން ނަންތަކެވެ. އެހެންކަމުން ޙައްޤާއި ބާޠިލް ވަކިކޮށް ފަރަޤު ކުރުންވަނީ ދީނުގެބިންގަލުގެ ތެރެއިންނެވެ. މި ފަރަޤު ކުރުމަކީ ދީނުގެ މުހިންމު އުސޫަލްތަކުގެ ތެރެއިން އުސޫލެކެވެ. އަދި ޙައްޤާއި ބާޡިލް ވަކިކޮށް ފަރަޤު ކުރުމަކީ އަހުލުލް ޙައްޤު (ޙައްޤުގެ އަހުލުވެރިން) ގެ ސިފަތަކުގެތެރެއިން ސިފައެކެވެ. މިކަމިގެ ދަލީލަކީ ޞަލަވާތާއި ސަލާމްލެއްވި ނަބިއްޔާ އެދުވަހެއްގައި ﷲގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާނެ ދުވަހު ﷲގެ ހިޔާވަހިކަމުގެ ނިޢުމަތް ލިބެނިވި ވާހަކަ އަންގައިދެމުން، އެކަލޭގެފާނު ޙަދީޘްކުރެއްވި ޙަދީޘުފުޅެެވެ.
އެދެ މީހުން އެކަކު އަނެކަކުދެކެ ލޯބިވަނީ ﷲއަށް ޓަކައިއެވެ. އެދެމީހުން އެއްބައިވަނީ އެލޯތްބަށްޓަކައިއެވެ. އަދި ވަކިވެގަންނަނީވެސް އެލޯތްބަށްޓަކައިއެވެ.”

އެހެންކަމުން ތަޤުވާ ވާހުށީ ޙައްޤުގެ މަންހަޖުގެ އަހުލުވެރިން އެއްބައިވަންތަ ކުރުވާ މަގުކަމުގައެވެ. އަދި އެހެންމެ ތަޤުވާހުށީ ބާތިލް މަންހަޖުތަކުގެ އަހުލުވެރިނިންނާއި ވަކިވެގަތުމުގެ މަގުކަމުގައެވެ.

ޥަޙީ ކުރައްވަނީ:يِا أَيُّهَا الَّذِينَ آمَنُواْ إَن تَتَّقُواْ اللّهَ يَجْعَل لَّكُمْ فُرْقَاناً

އޭއީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރި ވަނީނަމަ ތިޔަބައިމީހުންނަށް އެކަލާނގެ ފުރުޤާން ދެއްވާހުއްޓެވެ.”

އެހެންކަމުން ﷲއަށް ޙައްޤުގޮތުގައި އީމާންވެއްޖެމީހާ އަށް ފުރުޤާން ލިބިގެންވެއެވެ. އެފުރުޤާނުން އޭނާ ނުބައި މަންހަޖުތަކާއި، ބާޠިލް ބަސްތަކުގެ އަހުލުވެރިންނާއި އެއްމަންހަޖަކަށާއި ސީދާވެގެންވާ ތެދުމަގަށް ތަބާވާ ޙައްޤުގެ މަންހަޖުގެ އަހުލުވެރިންނާ ވަކިކޮށް ފަރަޤުކުރެއެވެ. އަލްމިޤުދާދު ބިން އަސްވަދު ރިވާކުރެއްވި ޙަދީޘްގާވާ ފަދައިންނެވެ. އެކަލޭގެފާނު “ވަޑައިގަތީ ފުރުޤާނާއި އެކުގައެވެ. އަދި ފުރުޤާނުން ޙައްޤާއި ބާޠިލް ވަކިކުރެއްވިއެވެ. އަދި ބައްޕައާއި ދަރި ވަކި ކުރެއްވިއެވެ.” މިއީ އިމާމު އަޙްމަދު ރިވާކޮށް އަލްއަލްބާނީ ޞަޙީހަ ކުރެއްވި ޙަދީޘެކެވެ.

އެހެންކަމުން ސުންނަތަަށް ތަބާވާ އެދުރުބެ އޭނާގެ ދަރިވަރުންނަށް ފުރުޤާން އުގަންނައިދީ، އެމީހުންނަށް ހައްޤާއި ބާޠިލް ވަކިކޮށްދެއެވެ. އެކަމަކު މަކަރުވެރި އެދުރުބެ، އޭނާގެ ދަރުސްތަކުގެ މައިގަނޑު ޢުންވާނަކަށް ހަދާހުށީ ބާޠިލް ދަޢުވަތްތަކުގެ (ގޮވާލުންތަކުގެ) އަހުލުވެރިންނާއި އެއްބައިވެ ޖަމާޢާތުއް ސިޔާސިއްޔަތުލް އިސްލާމިއްޔާ (ސިޔާސީ އިސްލާމީ ޖަމާޢަތްތަކުގެ) ޝައިޚުންގެ ބާޠިލް ގޮތްތަކަށް ކިޔަމަންވުމެވެ. ފަހެ މީނާ ވާހުށީ ފުރުޤާންގެ ނޫރު ނިވާލިމީހަކަށެވެ.

އަލްޙައްޤު (ﷲ) މިކަމާ ބެހޭގޮތުން ވަޙީކުރެއްވިއެވެ.

وَكَذَلِكَ أَوْحَيْنَا إِلَيْكَ رُوحًا مِّنْ أَمْرِنَامَا كُنتَ تَدْرِي مَا الْكِتَابُ وَلَا الْإِيمَانُ وَلَكِن جَعَلْنَاهُ نُورًا بِهِ مَنْ نَّشَاء مِنْ عِبَادِنَا وَإِنَّكَ لَتَهْدِي إِلَى صِرَاطٍ مُّسْتَقِيمٍ نَّهْدِي

ކަލޭގެފާނަށް ތިމަން ﷲ ރުޙާން (ވަޙީ) ބާވާލެއްވީ އެފަދައިންނެވެ. އެއީ ތިމަން ﷲގެ އަމުރުފުޅުންއައި ޤުރުުޢާނެއްކަމުގައެވެ. ފޮތަކީ ކޮން އެއްޗެއްކަން، އަދި އީމާނަކީ ކޮން އެއްޗެއްކަން ކަލޭގެފާނު ކުރިން ދެނެވަޑައިގެންނެތީމުއެވެ. ނަމަވެސް ތިމަން ﷲގެ އަޅުންގެތެރެއިން އިރާދަކުރައްވާ ބަޔަކަށް މަގު ދެއްކެވުމަށްޓަކަައި ނޫރެއްކަމުގައި ތިމަން ﷲ ލެއްވެވީމެވެ. ހަމަކަށަވަރުން ކަލޭގެފާނު ތިޔަ މަގު ދައްކަވަނީ ސީދާވެގެންވާ ތެދުމަގަށެވެ.”

އަލްފުރުޤާނުގެ އަސްލަކީ އައްތަފުރީޤެވެ. އައްތަފުރީޤަކީ ދަލީލުތަކަށް ނަޞްރުދެމުން ދެއެއްޗެއް ވަކިކޮށް ފަރަޤުކުރުމެވެ.މިހެންކަމާއެކު، ﷲ ރުއްސުންލެއްވި އުއްމުލް މުއުމިނީން ޢާއިޝާ އަލްފުރުޤާންގެ މުހިންމު ކަމުގެ ސަބަބުން އަލްފުރުޤާން މަތިވެރިކުރައްވަމުން ވިދާޅުވާ ކަމަށްވިއެވެ. “މުޙައްމަދުގެފާނުގެ މައްޗައް ފުރުޤާނު ބާވާލެއްވި ފަރާތް ގަންދީ ބުނަމެވެ.”

އެހެންކަމުން ޞަލަވާތާއި ސަލާމްލެއްވި ރަސޫލުގެ ޞަޙާބީންގެ ގޮތުގައި ބާރަށް ހިފައިފި ކޮންމެ މީހަކުމެ ވާހުށީ ފުރުޤާނުގެ އެންމެ މަތީ ދަރަޖައިގެ މީހަކަށެވެ. އަދި ޞަޙާބީންގެ މަގަށް ތަބާވުމުން ދުރުވެގަތް މީހާ ފަހެ ވާހުށީ ފުރުޤާނުން އެއްކިބާވެގަތް މީހަކަށެވެ. އޭނާއާއި އޭނަގެ އަހުލުވެރިންވާހުށީ ޙައްޤުގެ ނޫރުން ދުރަށްގޮސް ބާޠިލްގެ ކަނު އަނދިރީގައިވާ ބަޔަކަށެވެ. ހަމަކަށަވަރުން ޢާލަމްތަކަށް އިންޒާރު ކުރައްވާ ބޭކަލަކު ކަމުގައި ވުމައްޓަކައި އެކަލާނގެ އަޅާއަށް، ފުރުޤާން( ޙައްޤާއި ބާޡިލް ވަކިކުރަނިވި ފަރަޤު) ބާވާލެއްވ ކަލާނގެ މަތިވެރިކަން ބޮޑެވެ

Download

ޚިޔާލު ފާޅުކުރޭ