ހައްޖު މަހުގެ 10 ދުވަސް

ވެހޭތާ ފެންނަންގަވާށެވެ

ވަގުތު ފާއިތުވުމުގެކުރީން، އޭގެ އެންމެ އެދެވޭ ބޭނުންހިއްޕަވާށެވެ

ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! الله تعالى އަޅުގަނޑުމެން، އެންމެހައި އިންސާނުންނާއި އަދި ޖިންނީން ހައްދަވާފައިވަނީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އައްޛާރިޔާތު ސޫރަތުގެ 56ވަނަ އާޔަތުގެ މާނައިގައިވެއެވެ.”ތިމަން الله، ތިމަން اللهއަށް އަޅުކަންކުރުމަށްމެނުވީ އިންސާނުންނާއި އަދި ޖިންނީން ނުހައްދަވަމުއެވެ.” މިއަޅުކަން ޤަބޫލުކުރެއްވުމުގައި، އެކަލާނގެވަނީ 2 ޝަރްޠެއްވެސް ލައްވަވާފައެވެ. ފުރަތަމަ ޝަރްޠަކީ: الله تعالىއަށް އަޅުކަން ޚާލިޞްކުރުމެވެ. އެހެން އެއްވެސް ފަރާތަކަށް، ތިބާ ކުރާ އަޅުކަމަކުން ކުޑަވެސް މިންވަރެއް ނުދިނުމެވެ. އެބަހީ؛ އަޅުކަންކުރުމުގައި އެކަލާނގެއާއެކު އެއްވެސް ބައިވެރިޔަކު، ޝަރީކަކު، ބައިވެރިނުކުރުމެވެ. މިހެނީ؛ އަންނިސާއު ސޫރަތުގެ 116ވަނަ އާޔަތުން ހާމަވާގޮތުގައި، الله تعالىއަށް އަޅުކަންކުރުމުގައި ޝިރްކުކުރާމީހާއަށް އެކަލާނގެ އެފާފަ ނުފުއްސަވާހުއްޓެވެ. ވީއިރު، އެފަދަ މީހެއްގެ ނިމުން އޮންނާނީ ގަދަފަދަ ޢަޛާބުލިބެނިވި ނަރަކައަށެވެ. އަޅުކަން ޤަބޫލުކުރެއްވުމުގައި އޮންނަ، ދެވަނަ ޝަރްޠަކީ: الله تعالىގެ ރަސޫލާ-صلى الله عليه وسلم- އަޅުގަނޑުމެންނަށް އަޅުކަންތައް ކުރައްވަން ދެއްކެވި ބީދައިން އެއަޅުކަންތައް އަދާކުރުމެވެ. މި 2 ޝަރްޠަކީ؛ އަލްކަހްފު ސޫރަތުގެ އެންމެފަހު އާޔަތުން(110ވަނަ އާޔަތުން) ޢިލްމުވެރީން ނަންގަވާފައިވާ 2 ޝަރްޠެވެ. މި 2 ޝަރްޠުގައި އެކުލެވިގެންވަނީ ޝަހާދަތުގެ 2 ކަލިމަ ޤަބޫލުކޮށް، އެއަށް ފުރިހަމައަށް ބޯލަނބައި، ކިޔަމަންތެރިވުމެވެ. ތިބާ الله تعالىގެ ޙަޤީޤީ އަޅަކުކަމުގައިވުމެވެ

މި ލިޔުން އިތުރަށް ކިޔުއްވުމަށް އަހްލުލް އާޘާރު . ކޮމް އަށް ޒިޔާރަތްކޮށްލައްވާ.