ހައްޖު ކުރާނެގޮތުގެ ލުއި ފޮތް

މި މަދު ގަނޑުކޮޅަކީ އަޅުގަނޑުގެ ލޮބުވެތި ބައެއް މިތުރުންގެ އެދުމަށް ވެދުންކުރުމުގެ މާތް މަޤްޞަދުގައި، ތަރުޖަމާކުރެވުނު އަގު ބޮޑު ޚަޒާނާއެކެވެ. ސަބަބަކީ؛ މިފޮތުގެ އަޞްލެއްކަމުގައި އަޅުގަނޑުގެ ޚިޔާރުގެ ނަޒަރު ހުއްޓުނީ އެޤަރުނެއްގައި އުފެދުނު އެންމެ ޢިލްމީ ދެބޭފުޅުންކަމުގައިވާ فضيلة الشيخ العلامة عبدالعزيز بن عبدالله بن بازއަދި فضيلة الشيخ المحدّث محمد ناصرالدين الألباني -رحمهما الله-ގެ ފޮތުން ލިޔެވިފައިވާ اَلْحَجُّ الْمُصَوَّرُ މިނަން ދެވިފައިވާ ފޮތަށެވެ. އަޅުގަނޑު ދިވެހިބަހަށް މިފޮތް ގެނައުމުގައި ބޮޑަށް އިސްކަންދިނީ ލުއިފަސޭހައިން ވިސްނޭފަދަ ޢިބާރާތްތަކެއް ބޭނުންކުރުމަށެވެ. ކިޔުންތެރިޔާ ވީހާވެސް ޚުލާޞާ މަދު ބަސްތަކަކުން މަޤްޞަދަށް ފޯރުކުރުވުމަށެވެ. މިތަރުޖަމާގައި (*) މިފަދަ މަލެއް ޖެހުމަށްފަހު ލިޔެފައިވާ ޢިބާރާތްތަކަކީ އިތުރު ތަފްޞީލުތަކެވެ. ދުޢާއަކީ، އަޅުގަނޑުގެ މިކުޑަކުޑަ ޢަމަލަކީ الله تعالىއަށް ޚާލިޞް ޢަމަލަކަށްވުމެވެ. މިޢަމަލުގައި ބަރަކާތްލައްވައި، އަދި މަޤްބޫލު ޢަމަލެއްކަމުގައިލައްވައި، ވީހާވެސް ގިނަ ބަޔަކަށް މިފޮތަކީ ފައިދާދެނިވި ފޮތަކަށްވުމެވެ.

إنّه على كل شيء قدير، فنعم المولى ونعم النّصير

والحمد لله العزيز الكبير

كتبه: الملحّ إلى رحمة ربّه

މި ފޮތް ޑައުންލޯޑު ކުރެއްވުމަށް ކްލިކް ކޮށްލައްވާ